ސްޓެލްކޯއިން ދެން ސިޔާސީ މަސައްކަތެއް ނުފެންނާނެ: ފަހުމީ
ސްޓެލްކޯއިން ދެން ސިޔާސީ މަސައްކަތެއް ނުފެންނާނެ: ފަހުމީ

އެއްވެސް މުވައްޒަފެއްގެ ސިޔާސީ ފިކުރަކަށް ނުބައްލަވާނެ ކަމަށާއި އިސްކަން ދެއްވާނީ މުވައްޒަފުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ކުންފުނީގެ އަމާޒްތައް ހާސިލުކުރުމަށް ކަމަށް ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯއިން ދެން ސިޔާސީ މަސައްކަތެއް ނުފެންނާނެ: ފަހުމީ
ސްޓެލްކޯއިން ދެން ސިޔާސީ މަސައްކަތެއް ނުފެންނާނެ: ފަހުމީ

ފަހުމީ ވިދާޅުވީ، އެއްވެސް މުވައްޒަފަކަށް ގުޅައި، އެ މުވައްޒަފަކާ ނުވަތަ އާއިލާގެ ސިޔާސީ ފިކުރު ހުރި ގޮތެއް ނުބަލާނެ ކަމަށެވެ.

"މީގެ ދުވަސްތަކެއް ކުރިން ސްޓެލްކޯއަކީ ވަރަށް އެކަތިގަނޑެއްގެ ތެރެއިން ގައުމީ މަސައްކަތެއް ކުރާ ބައެއް. އެ ދުވަސް އަނބުރާ ގެނެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނީ. އަޅުގަނޑު ބަލާނީ މުވައްޒަފުން އެކަތި ގަނޑަކަށް ހަދައި ތަފާތުކުރުމެއް ނެތި އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުތެރޭ އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 700 އިން 1،600 އަށް އިތުރުވެފައިވާ ކަމަށެވެ. އެއީ ވަގުތީ މުވައްޒަފުން ނުހިމަނަ އެވެ. އޭނާ ވިދާޅުވީ، ގާތްގަނޑަކަށް ހާހެއްހާ މުވައްޒަފުން އެ ކުންފުންޏަށް އިތުރުވި އިރު އާމްދަނީ އެވަރަށް އިތުރުވެފައި ނެތް ކަމަށެވެ.

"ސިޔާސީ މަސައްކަތެއް ނުކުރާނަން. އެއްވެސް މުވައްޒަފަކަށް ނުވަތަ މުވައްޒަފެއްގެ އަތްބަނކަށް، ފިރިއަކަށް ގުޅާފައި އެ ބޭފުޅުންގެ ސިޔާސީ ފިކުރު ހުރީ ކިހިނެއްތޯ ބަލާކަށް ބޭނުމެއް ނޫން. ވޯޓުލާނީ ކިހިނެއްތޯ ބަލާކަށް ބޭނުމެއް ނޫން. އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ކުންފުންޏަށް ބޭނުން ނުވާ ވަރަށް މުވައްޒަފުން ތިބި ނަމަވެސް، އެ ފަރާތްތަކަށް ކުރެވޭނެ މަސައްކަތެއް ބަލައިގެން އެހެން ހިދުމަތްތަކެއް އެ ކުންފުނިން ދޭން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.