ބީއެމްއެލްއިން އިތުރު 30 ވީލްޗެއާ ހަދިޔާ ކުރަނީ
ބީއެމްއެލްއިން އިތުރު 30 ވީލްޗެއާ ހަދިޔާ ކުރަނީ

ބީއެމްއެލް އިން ވީލްޗެއާ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގައި މި އަހަރު އިތުރު 30 ވީލްޗެއާ ދިނުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން އިތުރު 30 ވީލްޗެއާ ހަދިޔާ ކުރަނީ
ބީއެމްއެލްއިން އިތުރު 30 ވީލްޗެއާ ހަދިޔާ ކުރަނީ

ވީލްޗެއާ ހަދިޔާކުރަމުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގެ ދަތިކަން ހުންނަ ފަރާތްތަކަށެވެ.

މި ޕްރޮގްރާމުގެ ދަށުން 90އަށް ވުރެ ގިނަ ރަށުގެ 230 މީހުންނަށް މިހާތަނަށް ވީލްޗެއާ ހަދިޔާ ކޮށްފައިވާ ކަމަށް އެ ބެންކުން ބުންޏެވެ. އޭގެތެރޭގައި ވީލްޗެއާ އޮޕަރޭޓް ކުރެވޭ ފަރާތްތަކަށް މޮޓޮރައިޒް ވީލްޗެއާ އަދި އެއްތަނުން އަނެއްތަނަށް ދިއުމަށް އެހެން މީހުންނަށް ބަރޯސާވާންޖެހޭ ކުޑަކުދިންނާއި ބޮޑެތިމީހުންނަށް މެނުއަލް ވީލްޗެއާ ހަދިޔާ ކޮށްފައިވާ ކަމަށް އެ ބެންކުން ބުންޏެވެ.

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ބެންކުން ހިންގާ އެ ޕްރޮގްރާމުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށެވެ. އަދި ހަދިޔާ ކުރާ ވީލްޗެއާތަކަކީ އިންވެސްމަންޓެއް ކަމަށާއި އެ ބެންކަކީ މުޖުތަމައަށް ފައިދާކުރަނިވި އެކި ކަންކަން ކުރިއަރުވަން ގިނަ މސައްކަތްތަކެއް ކުރާ ތަނެއް ކަމަށް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބީއެމްއެލް އިން އެހީތެރިވާން ތަފާތު ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށް ހިންގަމުންދާ ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސެބިލިޓީ (އެމްއޭޕީޑީ) އާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ އަހަރީ ޕްރޮގްރާމްތައް ހިންގުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށްލެވެ އެވެ.