06 ޑިސެމްބަރ 2023 - 12:19

މެންޗެސްޓާ (ނޮވެމްބަރު 6) - މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑު، އޯލްޑް ޓްރެފޯޑްގައި ބޭއްވި ރަސްމިއްޔަތަކަށް ފަހު އޮތް ޖާފަތުގައި ރޯނުފިލާ ކުކުޅު ކާންދިން މައްސަލައެއް ޓްރެފޯޑް ކައުންސިލުން ބަލަން ފަށައިފި އެވެ.
ޓްރެފޯޑް ކައުންސިލްގެ ސިއްހަތާއި ތިމާވެއްޓާ ބެހޭ ޓީމުން، އެ މައްސަލަ ބަލަން ފެށީ އެ ޖަފާތުގައި ބައިވެރިވި ބައެއް މީހުންނަށް އެކި މައްސަލަ ދިމާވެ ޝަކުވާ ހުށަހެޅުމުންނެވެ.
ޔުނައިޓެޑުން އެކަމާ ކޮމެންޓް ކުރަން ދެކޮޅު ހަދަ އެވެ. އެ ކްލަބުން ވެސް އެ މައްސަލަ ބަލަމުންދާކަމަށް "ދި އެތުލޓިކް" ބުންޏެވެ.
އެ ކްލަބުން މައްސަލަ ތަހުގީގު ކުރަނީ ޖާފަތުން ކެއި މީހުންނަށް ކުރިމަތިވި އަލާމާތްތަކަކީ ޔުނައިޓެޑްގެ ދަނޑުގައި އޮތް ހަފުލާގައި ކެއި އެއްޗަކުން ކުރިމަތިވި މައްސަލައެއްތޯ ދެނެގަތުމަށެވެ.
އެ ޖާފަތުން ކެއި މީހުން އެ ޝަކުވާ ކުރާ ގޮތުންނަމަ ކާނާ ވިހަވުމުގެ އަލާމާތްތައް އެ މީހުންގެ ނިބައިން ފެންނާނެ ކަމަށް ބެލެވެ އެވެ. ބޭރަށްހިންގުމާއި ބަނޑުގައި ރިއްސުން، މޭނުބައިކުރުން އަދި ހޮޑުލުން ފަދަ އަލާމާތްތައް ހިމެނެއެވެ. ރޯ ކުކުޅު ކެއުމުން އުފެދޭ އިންފެކްޝަނެއް ކަމަށްވާ "ސަލްމޮނެލާ" އަސަރުކޮށް ދިނަ ގެ ސަބަބުން ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހޭނެ އެވެ.
އޯލްޑް ޓްރެފޯޑްގެ ދަނޑު އެހެން އިވެންޓްތައް ބާއްވަން ވެސް ޔުނައިޓެޑުން ދޫކުރެ އެވެ. އަދި އެ އިވެންޓްތަކަށް ކޭޓްރިން ހިދުމަތް ފޯރުކޮށް ދެނީ ވެސް ޔުނައިޓެޑުންނެވެ. މައްސަލަ ޖެހިގެން އުޅޭ ޖާފަތަކީ މިދިޔަ ދެތިން މަސް ތެރޭ ބޭއްވި ހަފުލާތަކުގެ ތެރެއިން ކޮން ހަފުލާކަން އެނގޭކަށް ނެތެވެ.