ބޯޓިން އެވޯޑްސްގައި ވޮޔެޖަސް މޯލްޑިވްސްއަށް ގިނަ އެވޯޑުތަކެއް
ބޯޓިން އެވޯޑްސްގައި ވޮޔެޖަސް މޯލްޑިވްސްއަށް ގިނަ އެވޯޑުތަކެއް

ނެޝަނަލް ބޯޓިން އެވޯޑްސްގައި ވޮޔެޖަސް މޯލްޑިވްސްއަށް ހަތަރު އެވޯޑު ލިބިއްޖެ އެވެ.

ބޯޓިން އެވޯޑްސްގައި ވޮޔެޖަސް މޯލްޑިވްސްއަށް ގިނަ އެވޯޑުތަކެއް
ބޯޓިން އެވޯޑްސްގައި ވޮޔެޖަސް މޯލްޑިވްސްއަށް ގިނަ އެވޯޑުތަކެއް

އެ ކުންފުންޏަށް ލިބުނީ ސަފާރީ "ގަހާ"އަށް ބެސްޓް ފިޝިން ސަފާރީގެ އެވޯޑާއި "ކޮއިމަލާ" ސަފާރީއަށް ބެސްޓް ސަފާރީ އެވޯޑެވެ. އަދި ބޯޓިން އެވޯޑުގެ ލިވަބޯޑް ޓްރެވަލް އެޖެންޓް/ޓުއާ އޮޕަރޭޓާ އެވޯޑު ވެސް ލިބިފައި ވަނީ އެ ކުންފުންޏަށެވެ.

އެ ކުންފުނީގައި މަސައްކަތް ކުރާ ސަމަން ރަތަނަޔިކާ އަށް ވަނީ ބެސްޓް ޝެފް/ޑެކް ހޭންޑް އެވޯޑު ލިބިފަ އެވެ. އޭގެ އިތުރުން ސީގަލް މެރިންއަށް ވަނީ މޮސްޓް ޕްރިފާޑް މެރިން ޕެއިންޓް އޮފް ދަ އިޔާ އެވޯޑު ލިބިފަ އެވެ.

ވޮޔެޖަސް މޯލްޑިވްސް އަކީ ސީގަލް މެރިން ހިންގާ ސީގަލް ގްރޫޕުގެ ސިސްޓާ ކޮމްޕެނީ އެކެވެ.

ބޯޓިން އެވޯޑަކީ ރާއްޖޭގެ މެރިން ދާއިރާގައި މަސައްކަތްކޮށް ހިދުމަތްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނުން ދެމުން އަންނަ އެވޯޑެކެވެ.