ފްލެޓްތަކުގެ މައްސަލާގައި ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން މެމްބަރުންގެ ކަންބޮޑުވުން
ފްލެޓްތަކުގެ މައްސަލާގައި ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން މެމްބަރުންގެ ކަންބޮޑުވުން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާން ކޮށްފައިވާ ފްލެޓްތަކުގެ ލިސްޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުނުކުރުމުން މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފްލެޓްތަކުގެ މައްސަލާގައި ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން މެމްބަރުންގެ ކަންބޮޑުވުން
ފްލެޓްތަކުގެ މައްސަލާގައި ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން މެމްބަރުންގެ ކަންބޮޑުވުން

ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައި އޮތީ ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިންނަށް ތިއްބެވި ބޭފުޅުންނާ ސުވާލުކުރުމެވެ. ކުރީގެ ހައުސިން މިނިސްޓްރީގެ ފަރާތުން ކޮމިޓީ އަށް ވަޑައިގަތީ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފެވެ.

ފްލެޓްތަކުގެ މައްސަލާގައި ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން މެމްބަރުންގެ ކަންބޮޑުވުން
ފްލެޓްތަކުގެ މައްސަލާގައި ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން މެމްބަރުންގެ ކަންބޮޑުވުން

އަކްރަމާއި އާރިފަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯއްޗާއި ފްލެޓްތައް ދިނުމަށް އުފެއްދި ކޮމިޓީގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ.

މިއަދުގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް ޕާޓީގެ އުނގޫފާރު ދާއިރާގެ މެމްބަރުން މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އެންމެ ފަހުން ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އޭނާ ހުށަހަޅުއްވައި ފާސްކުރީ، ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިން ކޮމެޓީއަށް ހާޒިރުކުރުމަށް ކަމަށެވެ. މިނިސްޓްރީގެ އެންމެ އިސްވެރިޔަކަށް ހުންނަވާނީ މިނިސްޓަރު ކަމަށް ވާތީ، އަސްލަމް މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވަން ޖެހޭ ކަމަށް ވައްޑެ ވިދާޅުވި އެވެ.

މިނިސްޓަރު ކޮމިޓީއަށް ވަޑައިނުގެންނެވީ ކީއްވެގެންތޯ ވައްޑެ ސުވާލުކުރެއްވި އެވެ.

ޕެޓިޝަން ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވީ ކުރީގެ ސަރުކާރުގައި ފްލެޓް ދިނުމުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވީ އަކްރަމާއި އާރިފް ކަމަށް ވާތީ، ކޮމިޓީއަށް ހާޒިރުވުމަށް އެންގެވީ އެ ދެބޭފުޅުންނަށް އެކަނި ކަމަށެވެ. އަސްލަމަށް ދައުވަތު ނުދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގެދޮރުވެރިޔާ ސްކީމްގެ ދަށުން މި ހުރިހާ ކަމެއް މިނިސްޓަރުގެ ލަފާފުޅާ އެއްކޮށް އުޅުއްވީ ސްޓޭޓް މިނިސްޓަރު ކަމަށް ވާތީ މިކަމާ އެންމެ ބޮޑަށް ގުޅުން ހުންނާނީ އެ ބޭފުޅާ ކަމަށް ލަފާކުރެވޭތީ އެ ބޭފުޅުން ހާޒިރުކުރެވިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަތީފު ވެސް ވަނީ އަސްލަމް ކޮމިޓީ އަށް ހާޒިރުނުކުރުމުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ބައްދަލުވުން ކުރިއަށް ގެންދެވެން ވާނީ ވެސް އަސްލަމް ހާޒިރުކޮށްގެންނެވެ.

"އަޅުގަނޑުމެންގެ ބައެއް ސުވާލު ހުންނާނެ ސީދާ މިނިސްޓަރާ ކުރަން ބޭނުންވާ. އެ ސުވާލުތަކުގެ ޖަވާބެއް އޭރުގެ ސްޓޭޓް މިނިސްޓަރަކަށް ނުދެއްވޭނެ،" އޭނާ ވިދާޅުވި އެވެ.

އަސްލަމް ހާޒިރުކޮށްގެން ކޮމިޓީ ކުރިއަށް ގެންދަން މެމްބަރު ވަހީދު ހުށަހެޅުއްވިޔަސް، މިއަދުގެ ކޮމިޓީގައި ވޯޓަށް އަހައިގެން އެގޮތަށް ފާހެއް ނުވި އެވެ. ކޮމިޓީން ނިންމީ އަކްރަމާއި އާރިފާ އެކު ބައްދަލުވުން ކުރިއަށް ގެންދިއުމަށެވެ.

ކެލާ ދާއިރާގެ މެމްބަރުން އިބްރާހިމް ޝަރީފް ވިދާޅުވީ މި ކޮމިޓީ ބައްދަލުވުމަކީ ތަހުގީގެއް ހިންގަން ބާއްވާ މަޝްވަރާ ބައްދަލުވުމެއް ނޫން ކަމަށާއި ކުރީގެ ސަރުކާރުން ފްލެޓްތައް ދިނުމުގައި އަމަލުކޮށްފައިވާ ގުޅޭ ގޮތުން ސުވާލުކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެހެންވެ، އެ ސުވާލުތަކަށް ޖަވާބު ދެވޭނީ ފްލެޓް ދިނުމުގެ ކަންކަންމުގައި މިނިސްޓްރީގެ ދަށުން އިސްކޮށް އުޅުއްވި ބޭފުޅުންނަށް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.