މީހުން ސްމަގްލްކުރާ ކަމަށް ހީކޮށް އިޓަލީ އަށް ފޮނުވީ ނުބައި މީހެއް
މީހުން ސްމަގްލްކުރާ ކަމަށް ހީކޮށް އިޓަލީ އަށް ފޮނުވީ ނުބައި މީހެއް

ރޯމް (ޖޫން 11) - މީހުން ވަގަށް ނަގައިގެން އެއް ގައުމުން އަނެއް ގައުމަށް ފޮނުވާ ކަމަށް ހީކޮށް ސޫދާނުން ހައްޔަރުކޮށްގެން އިޓަލީ އަށް ގެންދިޔައީ ނުބައި މީހެއްކަން ފަޅާ އަރައިފި އެވެ.

މީހުން ސްމަގްލްކުރާ ކަމަށް ހީކޮށް އިޓަލީ އަށް ފޮނުވީ ނުބައި މީހެއް
މީހުން ސްމަގްލްކުރާ ކަމަށް ހީކޮށް އިޓަލީ އަށް ފޮނުވީ ނުބައި މީހެއް

އިޓަލީގެ ކަމާ ބެހޭ ފަރާތްތަކުން މިދިޔަ ހަފުތާގައި ވަނީ މީހުން ސްމަގްލް ކުރުމުގެ ބޮޑެއް ކަމަށްވާ މެރެޑް މެދާނީ ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އިޓަލީގެ ޖަލުގައި މިހާރު ހުރި މީހާގެ ވަކީލް މެދުވެރިކޮށް ބުނެފައި ވަނީ އޭނާ އަކީ މެދާނީ ނޫން ކަމަށާއި އޭނާގެ ނަމަކީ މެދާނީ ޓެސްފާމަރިއަމް ބާހީ ކަމަށެވެ. ފަނޑިޔާރުން މިހާރު ވަނީ އޭނާއާ ސުވާލުކޮށްފަ އެވެ. އަދި ގާނޫނީ ގޮތުން އޭނާއާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.

މެދާނީ އަކީ ކުދި ބޯޓުތަކުގައި އެތައް ހާސް ބަޔަކު ޔޫރަޕަށް ސްމަގްލް ކުރާ މީހެކެވެ. އޭނާ ހައްޔަރުކުރި ކަމުގެ ޚަބަރު އާއްމުވުމާ އެކު ގިނަ ބައެއްގެ ތައުރީފް އެކަމަށް ލިބުނެވެ. ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައި ވަނީ އޮކްޓޯބަރު 2013 ގައި އިޓަލީއާ ދިމާ ކަނޑަށް ކުޑަ ބޯޓެއް ފެތިގެން މަރުވި 359 މީހުންނަކީ ވެސް މެދާނީ ޔޫރަޕަށް ފޮނުވި ބައެއް ކަމަށެވެ.

އިޓަލީގައި މިހާރު ހުރި މީހާ ސޫދާނުގެ ކަމާ ބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައި ވަނީ އނގިރޭސި ވިލާތާއި އިޓަލީގެ ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު އެވެ. ނަމަވެސް ބިޑި އަޅުވައިގެން އޭނާ އިޓަލީ އަށް ގެންދަން މަތިންދާ ބޯޓަށް އެރުވި މަންޒަރުތައް އާއްމުވުމާ އެކު އޭނާގެ އާއިލާ މީހުންނާއި ރަހުމަތްތެރިން ބުނަމުން ދިޔައީ އެއީ ސްމަގްލް ކުރުމުގައި ހައްޔަރު ކުރަން ބޭނުންވި މީހާ ނޫން ކަމަށެވެ. އަދި ހައްޔަރުކޮށްފައި ވަނީ ސޫދާނުން ހިމާޔަތް ހޯދާފައިވާ އެރިތުރިއާގެ 27 އަހަރުގެ މީހެއް ކަމަށް އޭނާގެ ދެ ދައްތަ އިން ބުނެފައިވެ އެވެ. އިޓަލީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މިކަން އިތުރަށް ބަލާނެ ކަމަށް ބުނެފަ އެވެ.