އާމިރާގެ ދައުރު ހަމަވުމުން ސީއެސްސީއަށް ކުރިމަތިލާން ހުޅުވާލައިފި
އާމިރާގެ ދައުރު ހަމަވުމުން ސީއެސްސީއަށް ކުރިމަތިލާން ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ފާތިމަތު އާމިރާގެ ދައުރު ހަމަވުމުން ހުސްވި ގޮނޑިއަށް މެމްބަރަކު ހޯދަން ރައީސް އޮފީހުން މިއަދު އިއުލާންކޮށްފި އެވެ.

އެ އޮފީހުން ކުރި އިއުލާނުގައި ބުނީ، ސިވިލް ސާވެންޓުންގެ ހުރިހާ ކަމެއް ބަލަހައްޓާ ކޮމިޝަންގެ މެމްބަރުކަމަށް ޝައުގުވެރިވާ މީހުން، މި މަހުގެ 18 އަދި 19 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

އާމިރާގެ ފަސް އަހަރުގެ ދައުރު ހަމަވީ މިދިޔަ ހުކުރު ދުވަހެވެ.

އެހެންވެ، ފަސް މެމްބަރުން ތިއްބަވާ ކޮމިޝަންގައި މި ވަގުތު ތިއްބެވީ ރައީސް، މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހިމް ރަޝީދު އަދި ދެ މެމްބަރުން ކަމަށްވާ މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފެވެ. އެ ބޭފުޅުން ސީއެސްސީއަށް އައްޔަންކުރީ ސެޕްޓެމްބަރު 3، 2020 ގަ އެވެ. ދައުރު ހަމަވާން އަދި އިތުރު ދެ އަހަރު އެބައޮތެވެ.