މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން އާޒިމާ ފޯމު ހުށަހަޅުއްވައިފި
މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން އާޒިމާ ފޯމު ހުށަހަޅުއްވައިފި

މާލޭގެ މޭޔަރު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ފޯމު ހުށަހަޅުއްވައިފި އެވެ.

މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން އާޒިމާ ފޯމު ހުށަހަޅުއްވައިފި
މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން އާޒިމާ ފޯމު ހުށަހަޅުއްވައިފި

ޕީޕީއެމް/ޕީއެންސީގެ އާ އޮފީހުގެ މިރޭ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އާޒިމާގެ ފޯމު ހަވާލުކުރެއްވީ ޕީއެންސީފެ ޗެއާޕާސަން އަބުއްރަހީމް އަބްދުﷲ (އަދުރޭ)ާއާ އެވެ.

މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން އާޒިމާ ފޯމު ހުށަހަޅުއްވައިފި
މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން އާޒިމާ ފޯމު ހުށަހަޅުއްވައިފި

ފޯމު ހުށަހެޅުއްވުމަށް ފަހު އާޒިމާ ވިދާޅުވީ، މޭޔަރު ކަމަށް ވާދަކުރައްވަނީ ދިވެހި ރައްޔިތުންނަށް މިހާތަނަށް ކޮށްދެއްވި ހިދުމަތްތައް ކުރިއަށް ގެންދަން ކަމަށާއި މިއީ ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ މޭޔަރަކު އިންތިހާބު ކުރަންވީ ވަގުތު ކަމަށެވެ.

"މިގަޑީގައި ސަރުކާރާ އެކީގައި މަސައްކަތް ކުރެވޭނެ ހީވާގި، މުރާލި، ކަންކަން ދަންނަ މީހަކު ގެނައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މާލޭގެ މައްސަލަތައް ހައްލުކުރުމަށް މުހިންމު ކަމެއް،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި މޭޔަރު ކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ ދެމި ހުންނަވާނީ މާލޭގެ ކުރީގެ މޭޔަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެއަށް ގެންގުޅުއްވި ތަސައްވަރު ކާމިޔާބު ކުރެއްވުމުގަ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ގޮނޑިތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު މާދަމާގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 9 ގަ އެވެ. މިހާތަނަށް މޭޔަރު ކަމަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވަނީ އާޒިމާ އެކަންޏެވެ.

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މި މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ. އަދި ކައުންސިލްގެ ތިން މެމްބަރަކު އިސްތިއުފާ ދެއްވީ އެވެ.

މޭޔަރު ކަމުގެ އިތުރުން ހުޅުވާލީ މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ކަމެވެ.

އެ ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ލިބިފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށެވެ. އެ މަގާމަށް މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.