02 ޑިސެމްބަރ 2023 - 06:55

ބީއެމްއެލްއިން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސަބިލިޓީ (އެމްއޭޕީޑީ)ގެ ޑަބްލިއުޑީ ހެލްތު ކޭމްޕް ހިންގުމަށް 50،000ރ. ހަދިޔާކޮށްފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ހޯދަން މަސައްކަތްކުރާ އެމްއޭޕީޑީ އަށް މި ފައިސާ ހަދިޔާކުރީ އެ ބޭންކުން އިއްޔެ ބޭއްވި "ސްޓާފް ޗެރިޓީ ރަން" އަށް ފަހު އެވެ. ބީއެމްއެލްގެ "ސްޓާފް ޗެރިޓީ ރަން" އަކީ ރާއްޖޭގެ އެކި ޖަމިއްޔާތަކަށް އެހީވުމަށް އެ ބޭންކުން ބާއްވަމުން އަންނަ ހަރަކާތެކެވެ.
މި ހަރަކާތުގައި 100 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ދަރިން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި އެކި ރަށްރަށުން މި ދުވުމުގައި ބައިވެރިވި 40 އަށް ވުރެ ގިނަ ރަަށުން 100 އަށްވުރެ ގިނަ މުވައްޒަފުން ހިމެނެ އެވެ.
ބީއެމްއެލްއިން އަންނަނީ ރާއްޖޭގައި ހަރަކާތްތެރިވާ އެކި ޖަމިއްޔާތަކަށް އެހީވުމުގެ ގޮތުން މި ފަދަ އެކި ހަރަކާތްތައް ބާއްވަމުންނެވެ.