މީރާ އާއި ޝާހިދު ދެ ވަނަ ދަރިއަކަށް ތައްޔާރު
މީރާ އާއި ޝާހިދު ދެ ވަނަ ދަރިއަކަށް ތައްޔާރު

ބޮލީވުޑް ތަރި ޝާހިދު ކަޕޫރާއި މީރާ ރާޖްޕޫތަށް މިދިޔަ އަހަރު ފުރަތަމަ ދަރިފުޅު ލިބިފައި ވާއިރު ވަރަށް އަވަހަށް އިތުރު ދަރިއަކު ހޯދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފި އެވެ.

މީރާ އާއި ޝާހިދު ދެ ވަނަ ދަރިއަކަށް ތައްޔާރު
މީރާ އާއި ޝާހިދު ދެ ވަނަ ދަރިއަކަށް ތައްޔާރު

ޖީކިއު މަޖައްލާއަށް ޝާހިދު ދީފައިވާ އިންޓަވިއުއެއްގައި ބުނީ އެންމެ ކުއްޖަކު ލިބިގެން އޭނާގެ އަންހެނުން ހިތްހަމަނުޖެހޭ ކަމަށެވެ. މީރާ ވަރަށް އަވަހަށް އިތުރު ކުއްޖަކު ހޯދަން ބޭނުންވާ ކަމަށް ޝާހިދު ބުންޏެވެ.

ޝާހިދު ބުނީ އޭނާގެ 22 އަހަރުގެ އަނބިމީހާ ބޭނުންވަނީ ވީހާވެސް އަވަހަށް އިތުރު ކުއްޖަކު ހޯދައި ދެ ކުދިން އެކަނި އުޅެވޭވަރަށް ބޮޑުވުމުން، މީރާ ބޭނުންވާ ކަމެއްގައި މަޝްއޫލުވުމަށް ކަމަށެވެ.

މީރާގެ މި ނިންމުމާ މެދު ޝާހިދު ހިތްހަމަ ޖެހޭ ކަމަށް ބުންޏެވެ. ދަރިފުޅު މީޝާ އަކީ ވެސް ދުރާލައި ރާވައިގެން ހޯދި ކުއްޖެއް ނޫން ކަމަށާއި ނަމަވެސް މީރާ ބަލިވެއިންކަން އެނގުމާ އެކު ދަރިފުޅަށް އެމީހުން ތައްޔާރުވި ކަމަށް ޝާހިދު ބުންޏެވެ.

"އަހަރެން ހުރީ ކައިވެންޏެއް ކޮށްގެން އާއިލާއެއް ފަށަން ކެތްމަދުވެފައި. އަހަރެން ކުރާ މަސައްކަތަކީ ވަރަށް އެކަނިވެރި މަސައްކަތެއް. ކައިވެނި ކުރި އިރު އަހަރެން އެކަނިވެރިކޮށް އުޅޭތާ ތިން ހަތަރު އަހަރު ވެއްޖެ،" ޝާހިދު ކިޔައިދިނެވެ.

ޝާހިދު ބުނީ ފިލްމީ މަސައްކަތް ނިންމާލާފައި ގެއަށް ދާއިރު މަރުހަބާ ކިޔަން މީރާ އާއި މީޝާ ހުންނަ ކަމަށާއި އެހެންވެ އާއިލާ ބޮޑުވަމުން ދިއުމަކީ އުފަލެއް ކަމަށެވެ.