01 ޑިސެމްބަރ 2023 - 14:12

ވަރުގަދަ 24 ޓީމާ އެކު ޓެކާސް ގްރޭޓާ މާލޭ ކަޕް ފުޓްސަލް މުބާރާތް، ހުޅުމާލޭ ރެހެންދި ދަނޑުގައި މާދަމާ ފަށަން ތައްޔާރު ވެއްޖެ އެވެ.
ގްރޭޓާ މާލޭ ކަޕްގައި ބައިވެރިވެފައިވާ ޓީމުތަކުގެ މެދުގައި މިދިޔަ އަންގާރަ ދުވަހު ވަނީ ގުރުއަތު ނަގައި، ޓީމުތައް ހަ ގުރޫޕަކަށް ބަހާލައިފަ އެވެ.
ގުރޫޕްތަކަށް ބަލައިލާއިރު އެންމެ ފޯރިގަދަ ވާނެ ކަމަށް ބެލެވެނީ ގުރޫޕް އެފް އެވެ. އެ ގުރޫޕުގައި ހިމެނެނީ ކްލަބް ޓީނޭޖް، ޖޭޖޭ ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް އަދި ކްލަބް ވޯންޓެޑް އެވެ.
ޓެކާސްގެ އަމާޒަކީ މި މުބާރާތުން ކުޅިވަރުގެ ތެރޭގައި ހިމެނޭ ވެޓެރަންސްގެ އިތުރުން އަރަމުން އަންނަ ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ވެސް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ. އަދި ހަމަ އެހެންމެ ފުޓްސަލް އަށް ލޯބިކުރާ، މި ކުޅިވަރުން ކުރިއަށް ދާން ބޭނުންވެފައި ތިބި ޒުވާނުންނަށް އިތުރު ހިތްވަރެއް ގެނުވައިދިނުމަކީ ވެސް ޓެކާސްގެ އަމާޒެކެވެ.