ދިވެހިންނާ މެދު ރަނގަޅަށް ކަންކަން ކޮށްދޭނެ ސަފީރުން އައްޔަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފި
ދިވެހިންނާ މެދު ރަނގަޅަށް ކަންކަން ކޮށްދޭނެ ސަފީރުން އައްޔަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފި

އެކި ގައުމުތަކުގައި ތިބޭ ދިވެހިންނާ މެދު ދިވެހި ސަރުކާރުގެ ފަރާތުން މިހާރަށް ވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅޭނެ ކަމަށާއި އައްޔަން ކުރައްވާނީ ވެސް ކުރިއަށް ވުރެ ރަނގަޅަށް ދިވެހިންނަށް ކަންކަން ކޮށްދޭނެ ބޭފުޅުން ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.

ދިވެހިންނާ މެދު ރަނގަޅަށް ކަންކަން ކޮށްދޭނެ ސަފީރުން އައްޔަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފި
ދިވެހިންނާ މެދު ރަނގަޅަށް ކަންކަން ކޮށްދޭނެ ސަފީރުން އައްޔަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފި

އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ ކޮޕް28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ދުބާއީ އަށް ކުރައްވާ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

ދިވެހިންނާ މެދު ރަނގަޅަށް ކަންކަން ކޮށްދޭނެ ސަފީރުން އައްޔަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފި
ދިވެހިންނާ މެދު ރަނގަޅަށް ކަންކަން ކޮށްދޭނެ ސަފީރުން އައްޔަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފި

ރައީސް ވިދާޅުވީ، ޚާރިޖީ މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ ގައުމެއްގައި ތިބި ދިވެހިންގެ ކަންކަމަށް ސަމާލުކަން ދީގެން ކަމަށާއި ދިވެހިންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރާނެ ގޮތަށް ކަމަށެވެ.

ދިވެހިންނާ މެދު ރަނގަޅަށް ކަންކަން ކޮށްދޭނެ ސަފީރުން އައްޔަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފި
ދިވެހިންނާ މެދު ރަނގަޅަށް ކަންކަން ކޮށްދޭނެ ސަފީރުން އައްޔަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފި

މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަދި ބޭރުގެ މިޝަންތަކަށް އާ ބޭފުޅުން އައްޔަން ކުރާކަށް ނުފަށަ އެވެ.

ރައީސް ރޭ ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުން ކަމަށެވެ. މަސައްކަތް ކުރާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ އަޑުއަހައިގެން ކަމުގައި ވިދާޅުވި އެވެ. އަދި ކަންކަން ބައްޓަންކޮށް، ނިންމުންތައް ނިންމާނީ ދިވެހިންގެ މައްސަލަތަކަށް ހައްލު ލިބޭނެ ފަދަ ގޮތަކަށް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކަށް އޮތީ ގައުމިއްޔަތު ދިރުވައި އާލާކުރުމެވެ.

"އަދި މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެ އިން ބޭރުގައި ތިބޭ ދިވެހިންނަށް ވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބި ޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ،" ރައީސް ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކޮށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދީނީ ކަންކަން އިސްލާމް މާއްދާއާ ގުޅޭގޮތުން ކިޔަވައި ދިނުމުގެ ކަންތައްތަކެއް ރާވައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ބޭނުމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އިސްލާމްދީނުގައި ބަޔާން ކޮށްފައިވާ ކަންކަން ދަސްކޮށްދީ، އެ ދީނުގެ ރީތި ހަމަތަކުގެ މަތީގައި ކުދިން ބޮޑުކޮށް، ހަރުދަނާ އަގީދާއެއް ގާއިމުކޮށްދިނުމެވެ.

ކޮންސިއުލާ މަސައްކަތްތަކުގެ އިތުރުން ދިވެހިބަހާ އެކީގައި އަދި ޖުމްލަ ގޮތެއްގައި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް މި ސަރުކާރުން ފެށި މަސައްކަތަކީ ރާއްޖޭގެ އިމުން ބޭރަށް ދިވެހިން ތިބި ކޮންމެ ތަނަކަށް އެކަން ފުޅާކޮށް، ދިވެހިންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ކުރަން ވިސްނަވާފައި އޮތް ކަމެއް ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމަ އެއާ އެކު، ކުރިމަގުގެ ޖީލުތަކަށް ދިވެހިވަންތަކަން ވާސިލް ކޮށްދިނުމުގައި ދިވެހިން ފަހުރުވެރިވާ ފަދަ ގޮތަކަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ދުބާއީގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަން އެ މަނިކުފާނަށް ދެންނެވުމުގެ ފުރުސަތު ރައީސް ރޭގެ ބައްދަލުވުމުގައި ހުޅުވައިލެއްވި އެވެ. އެ ކަންކަން ހައްލު ކޮށްދިނުމަށް މި ސަރުކާރުން މަސައްކަތް ކޮށްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދުބާއީގައި މިއަދު ފަށާ ކޮޕް28 ގައި ރައީސް ޑރ. މުއިއްޒު ތަގުރީރު ކުރައްވާނެ އެވެ.