30 ނޮވެމްބަރ 2023 - 11:11

ލޯ ޓެސްޓުކޮށް ނަމްބަރު އައިނު ހައްދައިދިނުމުގެ ހިދުމަތް ދޭ ސިޓީ އޮޕްޓިލްއިން ހުކުރު ދުވަހު ހިދުމަތް ދޭން ނިންމައިފި އެވެ.
އެ ތަނުން ބުނި ގޮތުގައި ހުކުރު ދުވަހު ހިދުމަތް ދޭން ނިންމީ ގިނަ ކަސްޓަމަރުންތަކެއްގެ އެދުމުގެ މަތިން، އެ ތަނުން ހިދުމަތް ހޯދުމުގައި އިތުރަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ. ސިޓީ އޮޕްޓިކަލްއިން ހުކުރު ދުވަހު ހިދުމަތް ދޭނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
އެތަނުން ބުނީ ހުކުރު ދުވަހު ލޮލުގެ ނަމްބަރު ނެގުމާއި ނަމްބަރު އައިނު ހެއްދުމުގެ ހިދުމަތާއި ނަމްބަރު އައިނުގެ އެކްސްޕްރެސް ހިދުމަތް ވެސް ލިބޭނެ ކަމަށެވެ. ނަމްބަރު އައިނުގެ އެކްސްޕްރެސް ހިދުމަތަކީ ނަމްބަރު އައިނު އަވަހަށް ބޭނުންވާ ކަސްޓަމަރުންނަށް އިތުރު ފީއަކާ ނުލައި އެ ތަނުން ދޭ ހިދުމަތެކެވެ. މި ހިދުމަތުގެ ދަށުން ފުޅާ ރޭންޖެއްގެ ސިންގަލް ވިޝަން އައިނު އެއް ގަޑިއިރު ތެރޭގައި ލިބޭނެ އެވެ.
ސިޓީ އޮޕްޓިކަލްއިން މާދަމައިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު އެ ތަނުން މި ހިދުމަތްތައް ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ސިޓީ އޮޕްޓިކަލްގައި އެފޯޑަބަލް ރޭންޖުގެ 200އަށް ވުރެ ގިނަ ސްޓައިލްގެ ފްރޭމް ލިބޭނެ އެވެ. އޭގެ ތެރޭގައި އެކި އުމުރުފުރާތަކާ ގުޅޭ އެންމެ ފަހުގެ ސްޓައިލްތަކުގެ ފްރޭމްތައް ހިމެނެ އެވެ.
ސިޓީ އޮޕްޓިކަލް ހުންނަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގަ އެވެ.