ސްޓެލްކޯގެ އާ އެމްޑީ ފުރަތަމަ ދުވަހު ފެއްޓެވީ މާވެޔޮމަގަށް ދަތިވާ ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް
ސްޓެލްކޯގެ އާ އެމްޑީ ފުރަތަމަ ދުވަހު ފެއްޓެވީ މާވެޔޮމަގަށް ދަތިވާ ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް

މާވެޔޮ މިސްކިތް ކަންމަތީ މަގަށްވާ ގޮތަށް ބަހައްޓާފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މިއަދު ހަވާލުވެ ވަޑައިގަތް ހުސެއިން ފަހުމީ ފައްޓަވައިފަ އެވެ.

ސްޓެލްކޯގެ އާ އެމްޑީ ފުރަތަމަ ދުވަހު ފެއްޓެވީ މާވެޔޮމަގަށް ދަތިވާ ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް
ސްޓެލްކޯގެ އާ އެމްޑީ ފުރަތަމަ ދުވަހު ފެއްޓެވީ މާވެޔޮމަގަށް ދަތިވާ ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް

ސްޓެލްކޯއިން ބުނި ގޮތުގައި ޓްރާންސްފޯމަރު ހުރި ސަރަހައްދާއި އެ މަގު ބޭނުންކުރާ މީހުންނަށް އޭގެ ސަބަބުން ތަކުލީފަކަށް ވެފައިވާތީ، މެނޭޖިން ޑިރެކްޓަރު ވަނީ އެ ސަރަހައްދަށް ވަޑައިގެން އާންމުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.

މަގަށް ވަރަށް ބޮޑު ދައްޗަކަށް ވެފައިވާ، މީގެ ހަ އަހަރު ކުރިން ބެހެއްޓި ޓްރާންސްފޯމަރު ނެގުމުގެ އަމަލީ މަސައްކަތް މިއަދު ފަށައި މި އަހަރު ނިމުމުގެ ކުރިން އެކަން ނިންމަވާނެ ކަމަށް އާ އެމްޑީ ފަހުމީ ދެއްވި ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"މިއަދު މި ޓްރާންސްފޯމަރު މަގުމަތިން ނެގުމުގެ މަސައްކަތް ފަށާއިރު އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު މަގުމަތިން ނަގައި، އެ މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަންދެން" ފަހުމީއާ ހަވާލާދީ ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ ޒިންމާ މިއަދު ފެއްޓެވި ފަހުމީ އަކީ 1998 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޭނާ އެ ކުންފުންޏާ ގުޅިވަޑައިގަތީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ އިނގިރޭސި ވިލާތުން ކިޔަވާ ވަޑައިގެން އެ ކުންފުނީގެ އެކައުންޓިން ޑިޕާޓްމެންޓްގެ ގިނަ ވަޒީފާތަކެއް އަދާކުރެއްވި އެވެ.