ރައީސް ޑރ. މުއިއްޒުގެ ރަސްމީ ފުރަތަމަ ދަތުރުފުޅު ތުރުކީއަށް
ރައީސް ޑރ. މުއިއްޒުގެ ރަސްމީ ފުރަތަމަ ދަތުރުފުޅު ތުރުކީއަށް

މި މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި މިއަދު ތުރުކީ އަށް ފުރާވަޑައިގެންނެވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ރަސްމީ ފުރަތަމަ ދަތުރުފުޅު ތުރުކީއަށް
ރައީސް ޑރ. މުއިއްޒުގެ ރަސްމީ ފުރަތަމަ ދަތުރުފުޅު ތުރުކީއަށް

ރައީސް އޮފީހުން ބުނީ، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ދައުވަތަކަށް ކުރައްވާ އެ ދަތުރުފުޅުގައި އެ ގައުމުގެ އިސްވެރިންނާ ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވައި ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ރަސްމީ ފުރަތަމަ ދަތުރުފުޅު ތުރުކީއަށް
ރައީސް ޑރ. މުއިއްޒުގެ ރަސްމީ ފުރަތަމަ ދަތުރުފުޅު ތުރުކީއަށް

ރައީސް ޑރ. މުއިއްޒާ އެކު އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ސަރުކާރުގެ އިސް ވަފުދެއް ވެސް ބައިވެރިވެ އެވެ.

ރައީސް ޑރ. މުއިއްޒުގެ ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރިން ރާވާފައި އޮތީ ސައޫދީ އަރަބިއްޔާ އަށް ކުރައްވާ ގޮތަށެވެ. އެކަމަކު، އެ ދަތުރުފުޅު އެހެން ތާރީހަކަށް ފަސްކުރުމާ ގުޅިގެން ތުރުކީ އަށް ވަޑައިގަންނަވަން ނިންމެވީ އެވެ. ކުރިން ރާވާފައި ސައޫދީ ދަތުރުފުޅަށް ފަހު ތުރުކީ އަށް ވަޑައިގަންނަވާ ގޮތަށެވެ.

ރައީސް ރާއްޖެ ވަޑައިގަންނަވާނީ، އަންނަ ބުރާސްފަތި ދުވަހު ޔޫއޭއީގައި ބާއްވާ ކްލައިމެޓް ބައްދަލުވުން، ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ.