މާގިނަ ޗޮއިސްއެއް ނެތި، އިގްތިސާދު ފަހު ނޭވާގައި!
މާގިނަ ޗޮއިސްއެއް ނެތި، އިގްތިސާދު ފަހު ނޭވާގައި!

ވޯލްޑް ބޭންކްގެ އެންމެ ފަހުގެ ރިޕޯޓު ބަލައިލުމުން، ރާއްޖޭގެ އިގްތިސާދުގެ އަސްލު މަންޒަރު އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. މިއީ ގަބޫލުކުރަން ބޭނުން ނޫން ހަގީގަތެއް ނަމަވެސް، ރާއްޖެ މިއޮތީ، ބަނގުރޫޓުވުމުގެ މަރުހަލާގަ އެވެ. މިކަމުން ރެކުމަށް، މާ ގިނަ "ޗޮއިސް" އެއް މިވަގުތަކު ނެތެވެ. އިގްތިސާދު އޮތް ހާލަތުން، އާ ރައީސަށް ވެސް، އެމަނިކުފާނު ބޭނުންފުޅުވާ ތަރައްގީގެ މަސައްކަތްތަކެއް ފެށޭކަށް ނެތެވެ. އެންމެންނަށް ވެސް މިއޮތީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

މާގިނަ ޗޮއިސްއެއް ނެތި، އިގްތިސާދު ފަހު ނޭވާގައި!
މާގިނަ ޗޮއިސްއެއް ނެތި، އިގްތިސާދު ފަހު ނޭވާގައި!

ރާއްޖޭގެ އިގްތިސާދަށް އައި މި ތޫފާނުގެ އަސްލަކީ ކޮވިޑެވެ. އެ ހާލަތުގައި ހިންދެމިލުމަށް އިންތިހާ އަށް ދަރަނި ނަގައި، އެއިން ހަރަދުތައް ހަމަޖެއްސުމުންނެވެ. ހަރަދުތައް ކުޑަކުރުމަށް 2021 ވަނަ އަހަރުން ފެށިގެން ބަޖެޓުގައި، އަޅާނެ ފިޔަވަޅުތަކެއް ލިޔުނަސް، އެއިން އެއްވެސް ކަމަކަށް އަމަލެއް ވެސް ނުކުރެވުނެވެ.

މާގިނަ ޗޮއިސްއެއް ނެތި، އިގްތިސާދު ފަހު ނޭވާގައި!
މާގިނަ ޗޮއިސްއެއް ނެތި، އިގްތިސާދު ފަހު ނޭވާގައި!

"މިއީ 2021 ވަނަ އަހަރު ސްރީލަންކާ އޮތް ހާލަތު. މިއީ ލަންކާގެ ހާލަތު އޭރު ކިޔައިދީފައިވާ ގޮތް. ސްރީލަންކާ އަށް ވަނީ 2022 ވަނަ އަހަރު އިގްތިސާދީ އެންމެ ބޮޑު ކާރިސާ ކުރިމަތިވެފައި،" ވޯލްޑް ބޭންކްގެ ކުރީގެ އެކްޓިން ޗީފް އަދި ކުރީގެ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ޑރ. ޝާންތާ ދޭވްރާޖަން ވިދާޅުވި އެވެ.

މާގިނަ ޗޮއިސްއެއް ނެތި، އިގްތިސާދު ފަހު ނޭވާގައި!
މާގިނަ ޗޮއިސްއެއް ނެތި، އިގްތިސާދު ފަހު ނޭވާގައި!

ގައުމު ވަރަށް ބޮޑަށް ދަރާފައި އޮތަސް، އިގްތިސާދު އޮތީ ދުޅަހެޔޮކަން މަތީގަ އެވެ. އެހެންވެ، އެ އިގްތިސާދުން ކޮންމެވެސް ވަރެއް އުފެއްދިޔަސް އެއީ ގައުމަށް ލިބޭނެ ލުޔެކެވެ. އުންމީދަކަށް އޮތީ ވެސް ހަމައެކަނި އެކަމެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނީ ރާއްޖެ އަދި އޮތީ އަރައިނުގަނެވޭނެ ހާލަތެއްގައެއް ނޫން ކަމަށެވެ. އެކަމަކު މަރުކަޒީ ބޭންކުގެ ކަންބޮޑުވުމަކީ އިގްތިސާދީ ހާލަތު ބަދަލުކުރުމަށް އަންނަ އަހަރު ރާވާ ރިޕޯމުތައް ނުގެނެވިދާނެ ކަމެވެ. އެހެން ވެއްޖެ ނަމަ ގައުމަށް "މުސީބާތެއް ކުރިމަތިވެދާނެ" އެވެ.

މާގިނަ ޗޮއިސްއެއް ނެތި، އިގްތިސާދު ފަހު ނޭވާގައި!
މާގިނަ ޗޮއިސްއެއް ނެތި، އިގްތިސާދު ފަހު ނޭވާގައި!

ދައުލަތުން މިހާރު ވެސް 1،700 ޕްރޮޖެކްޓް އަންނަ އަހަރަށް ކަނޑައަޅާފައިވާ އިރު ވަކި ވަކި ރަށްތަކުގައި ހިންގާ ޕްރޮޖެކްޓްތަކާ އެކު އެ އަދަދު 2،500 އަށް އަރަ އެވެ. މިއީ ރާއްޖެ ފަދަ އިގްތިސާދަކަށް ނުތަކާ އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓް މުހައްމަދު ޒަޔާން އަހުމަދު ވިދާޅުވި އެވެ.

މާގިނަ ޗޮއިސްއެއް ނެތި، އިގްތިސާދު ފަހު ނޭވާގައި!
މާގިނަ ޗޮއިސްއެއް ނެތި، އިގްތިސާދު ފަހު ނޭވާގައި!

"ޕްރޮޖެކްޓް ޕައިޕްލައިން ވަރަށް ބޮޑު. ގިނަ ފަހަރަށް ބައެއް ޕްރޮޖެކްޓްތަކުގައި ހުންނަ އެމައުންޓްތަކަކީ ވެސް ރިއަލިސްޓިކް އަދަދެއް ނޫން. އެހެންވީމަ ވާގޮތަކީ ޕްރޮޖެކްޓްތައް ރަނގަޅަށް ހިނގާ އަހަރަކު އެ ޕްރޮޖެކްޓަށް ކަނޑައަޅާ އަދަދަށް ވުރެ އިތުރުވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ހާލަތުގައި ބަޖެޓުގައި ހިމަނާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ނުފަށާ ހުރި ޕްރޮޖެކްޓްތައް މަޑުޖައްސާލުމުގެ ވިސްނުމެއް ގެންގުޅުން މުހިއްމު ކަމަށެވެ. އެކަމަކު އެކަން ކުރައްވާނީ ސިޔާސަތު އެކުލަވައިލައްވާ ބޭފުޅުންނެވެ.

"މިހާރު ޖެނެރަލް އައިޑިއާ އަކީ ފައިނޭންސިން ލިބޭ ވަރަކަށް ޕްރޮޖެކްޓްތައް ގެންދިއުން. މިސާލަކަށް ފުރަތަމަ 100 މިލިއަން ޑޮލަރު ލިބޭ އިރަށް މިވެނި ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދިއުން،" އޭނާ ވިދާޅުވި އެވެ.

އާ ސަރުކާރުން ވަނީ އަންނަ އަހަރު އަލަށް 458 ޕްރޮޖެކްޓެއް ހިންގުމަށް 1.5 ބިލިއަން ރުފިޔާ ހިމަނައިފަ އެވެ. އާ ސަރުކާރުން ހިންގަން ރޭވި އެންމެ ބޮޑު ޕްރޮޖެކްޓަކީ ފުށިދިއްގަރުފަޅު ހިއްކުމެވެ. އެ ޕްރޮޖެކްޓަށް ވަނީ 400 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ. އެ ޕްރޮޖެކްޓަށް ފައިސާ ހޯދާނެ ގޮތެއް ބަޖެޓުގައި ހިމަނާފައެއް ނުވެ އެވެ.

ރާއްޖޭގެ އިގްތިސާދު ދިރާސާކުރައްވާ ބޭރުގެ މާލީ އިދާރާއެއްގެ ބޭފުޅަކު ވިދާޅުވީ، ސަރުކާރުން ކިތަންމެ ބޭނުންވި ނަމަވެސް، މިއީ އެފަދަ ބިޔަ ޕްރޮޖެކްޓެއް ހިންގުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. އަދި ހާއްސަކޮށް އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ލޯނު ނަގައިގެން ނަމަ އެކަން ކުރަން އެއީ އިގްތިސާދީ ގޮތުން ރަނގަޅު ނިންމުމަކަށް ނުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިވަގުތު ބޭރަށް ގޮސް ފައިނޭންސިން ހޯދާ ނަމަ އިންޓްރެސްޓް ރޭޓުތައް އުޅެނީ ޑަބަލް ޑިޖިޓްގަ އެވެ. މިސާލަކަށް ބޮންޑެއް އިޝޫ ކުރަން ވިސްނާ ނަމަ، ބޭރު މާކެޓުގައި އޭގެ ޔިލްޑް ރޭޓު އުޅެނީ 18 ޕަސެންޓަށް ވުރެ މަތީގަ އެވެ. އެހެންވެ، އެއީ ސަރުކާރަށް މިވަގުތު ކުރެވޭނެ ކަމެއް ނޫނެވެ.

"އެންމެ ރަނގަޅު ގޮތަކީ، ލޯނު ނަގައިގެން ކަންކަން ކުރުމުގެ ވިސްނުން ދޫކޮށްލުން. އެކަމަކު އެކަން ކުރާ ނަމަ، އެހެން ބައެއް ހަރަދުތައް ކުރުން މަޑުޖައްސާލެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އަންނަ އަހަރަށް 8.9 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަށް ރާވާފައިވާ އިރު އޭގެ ތެރެއިން ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ޖެހޭނީ އަލުން ހޯދާށެވެ. އެހެންވެ، އެ އަހަރު ވެސް ހަރަދު ކުޑަ ކުރުމަށް ވިސްނުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

އައިއެމްއެފްގެ ޕްރޮޖެކްޓަކަށް ސަރުކާރުން މީގެ ކުރިން ދިޔައީ 2009 ވަނަ އަހަރު އެވެ. އެ އަހަރު އެ ޕްރޮގްރާމް ފެށި ނަމަވެސް، އައިއެމްއެފް އިން ކަނޑައެޅި، ފިސްކަލް ރިޕޯމްތައް ގެނެސްފައި ނުވާތީ ޖެހުނީ އެ ޕްރޮގްރާމް މެދުކަނޑާލާށެވެ.

ދަރަނި އިންތިހާއަށް ބޮޑުވެ، ކޮވިޑްގެ ހާލަތުގައި އުނދަގޫތައް ކުރިމަތިވުމުން މި ސަރަހައްދުގެ ގައުމުތައް ކަމުގައިވާ ޕާކިސްތާނާއި ބަންގްލަދޭޝް އާއި ލަންކާ އިން އަންނަނީ މިފަދަ ޕްރޮގްރާމެއްގެ ތެރެއިން މާލީ ހާލަތު ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދަމުންނެވެ.

އައިއެމްއެފް އިން ހިންގާ ބައެއް ޕްރޮގްރާމްތައް:

- ޝޯޓް-ޓާމް ލިކުއިޑިޓީ ލައިން (އެސްއެލްއެލް)

- ސްޓޭންޑް-ބައި އެރޭންޖްމަންޓް (އެސްބީއޭ)

- އެކްސްޓެންޑެޓް ފަންޑް ޕެސިލިޓީ (އީއެފްއެފް)

- ފްލެކްސިބަލް ކްރެޑިޓް ލައިން (އެފްސީއެލް)

- ޕްރިކޯޝަނަރީ ލިކުއިޑިޓީ ލައިން (ޕީއެލްއެލް)

- ރެޕިޑް ފައިނޭންސިން އިންސްޓްރޫމަންޓް (އާރްއެފްއައި)

އައިއެމްއެފް އިން މި ޕްރޮގްރާމުތައް ކަނޑައަޅާނީ އެ ގައުމެއްގެ އިގްތިސާދަށް ބޭނުންވާ ބަދަލުތައް ދެނެ ގަތުމަށްފަހު އެވެ.

އިގްތިސާދީ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، މި ހާލަތުގައި ޕްރޮގްރާމަކަށް ގޮސް އޭގެއިން ފައިދާ ނުހޯދާންވީ ސަބަބެއް ނެތް ކަމަށެވެ. ސަބަބަކީ އެފަދަ ޕްރޮގްރާމެއްގެ ތެރެއިން އައިއެމްއެފްއިން ދޭ ފަންޑުގެ އިތުރުން ބޭރުގެ މާލީ އިދާރާތަކުން ވެސް އިތުރު ފައިނޭންސް ހޯދަން ވަރަށް ފަސޭހަވާނެތީ އެވެ.

"އައިއެމްއެފް ޕްރޮގްރާމަކަށް ދިޔައިމަ އައިއެމްއެފް އިން ނުދޭނެ މާ ބައިވަރު ލާރިއެއް. އެކަމަކު އައިއެމްއެފްގެ ފައިސާއެއް ނޫން ގިނަވާނީ. އެ ޕްރޮގްރާމަށް ދިޔައިމަ އޭޑީބީ އާއި ވޯލްޑް ބޭންކުން ވެސް ފައިސާ ހޯދޭނެ. އައިއެމްއެފް ޕްރޮގްރާމުގެ އެހީގެ ތެރެއިން ލިބޭ ލޯނުތައް ވެސް ހުންނާނީ ވަރަށް އިންޓްރެސްޓް ރޭޓު ކުޑަކޮށް. އިންޓްރެސްޓް ރޭޓު އުޅޭނީ 0.5 ޕަސެންޓާއި 0.7 ޕަސެންޓާ ދެމެދުގައި އާންމުކޮށް މިއުޅެނީ. މެޗިއުރިޓީ އުޅެދާނެ 40 އަހަރު،" އޭނާ ވިދާޅުވި އެވެ.

މިކަމުގައި ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓް ޒަޔާން ވިދާޅުވީ، މިވަގުތު ސަރުކާރުން ގެންނަ ރިޕޯމުތަކުން އައިއެމްއެފް އިން ކަނޑައަޅާ ބަދަލުތަކަށް ވުރެ ރަނގަޅު ބަދަލެއް އިގްތިސާދަށް ގެނައުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ސަރުކާރުން އައިއެމްގެ ޕްރޮގްރާމަކަށް ދިއުމުގައި އޮތީ ކުރީގެ ގޯސް ތަޖުރިބާ އެވެ. އެފަދަ ޕްރޮގްރާމަކަށް ދާނީތޯ ނުވަތަ ނޫނީތޯ ނިންމުމުގެ ބާރު އޮތީ، ރައީސް ޑރ. މުހަންމަދު މުއިއްޒަށެވެ.

އެކަމަކު އައިއެމްއެފްގެ ކޮންމެ ޕްރޮގްރާމަކީ ވެސް އެއިން ސިޔާސީ ގޮތުން ނުކުންނާނެ ވަރަށް ބޮޑު ފިއްތުމެކެވެ. މިސާލަކަށް، ދައުލަތުގެ ހަރަދު ކުޑަކުރުން، މުވައްޒަފުން މަދުކުރުން، އިގްތިސާދު ވަކި މިންވަރެއްގައި ހިފެހެއްޓުން އަދި ބައެއް މަޝްރޫއުތައް ހުއްޓާލުން އޭގެ ތެރޭގައި ހިމެނިދާނެ އެވެ.

ހަރަދު ކުޑަ ނުކޮށް، ދެން ރާއްޖޭގެ އިގްތިސާދު ކުރިއަކަށް ނުގެންދެވޭނެ އެވެ. އެނޫން ގޮތަކަށް ގައުމުގެ ކަންކަން ބައްޓަން ކުރާނެ ޖާގައެއް ވެސް ނެތެވެ. ވެރިކަން ބަދަލުވުމާއި މަޖިލީސް އިންތިހާބާ އެކު ސިޔާސީ ވެރިންނަށް މުހިއްމު ދުވަސްތަކެއް އޮތް ނަމަވެސް، ކުރިއަށް އޮތީ އެފަދަ ސިޔާސީ ނިންމުންތައް އިސްކުރެވޭނެ ހާލަތެއް ނޫނެވެ.

ބަޖެޓު ފޮތުގައި ވަނީ އަންނަ އަހަރުގެ ބަޖެޓުން 2.7 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ގޮތަށް ސަބްސިޑީ ރިފޯމު ކުރުމަށް ހުށަހަޅައިފަ އެވެ.

އަންނަ އަހަރު ރިފޯމު ގެންނަ ސަބްސިޑީތައް

- ފިއުލް ސަބްސިޑީ

- ކަރަންޓް ސަބްސިޑީ

- ނަރުދަމާ ސަބްސިޑީ

- ކާޑު ސަބްސިޑީ

އާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހުގައި ވެސް ވިދާޅުވި އެއް ވާހަކައަކީ، މިކަން ކުރުމަށް އަންނަ އަހަރު އިސްކަމެއް ދެއްވައިގެން މަސައްކަތް ފައްޓަވާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އަންނަ ޖުލައި މަހު މި ބަދަލު ގެނައުމެވެ.

މި ބަދަލު ގެނެސް ކުރިއަށް އޮތް ތިން އަހަރު އެ ގޮތުގައި ދަމަހައްޓާނެ ގޮތެއް އެބަ ހޯދަން ޖެހެ އެވެ. އަދި ކޮންމެ ސަރުކާރަކާ އެކު ސަބްސިޑީ ދިނުމުގައި ހަރަދުތައް ހަމަޖެއްސުމުގައި ބޮޑެތި ބަދަލުތައް ނުގެނެސް، އެފަދަ ސިޔާސަތުތައް ކޮންޓްރޯލު ކުރެވޭނެ ގޮތްތަކެއް ހޯދައިގެން ނޫން ގޮތަކަށް ރާއްޖެއަށް އަލިމަގެއް ނުފެންނާނެ އެވެ. އެކަމަށް ބޭނުންވަނީ ދުރުރާސްތާގެ ޕްލޭނެކެވެ.