24 ނޮވެމްބަރ 2023 - 20:38

މޯލްޑިވްސް މީޑިއާ ކައުންސިލުގެ "ނޫސްވެރިކަމުގެ އިނާމު"ގެ މެއިން ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
މި އަހަރުގެ "ނޫސްވެރިކަމުގެ އިނާމު" ބާއްވަނީ މާދަމާ ރެ އެވެ. އެ ހަފްލާގައި 12 ކެޓެގަރީއަކުން އެންމެ މޮޅު ނޫސްވެރިން ހޮވާނެ އެވެ. އަދި ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު "ޖާނަލިސްޓް އޮފް ދަ އިޔާ" އެވޯޑު ދޭނެ އެވެ. މި އެވޯޑަކީ ވޯޓާސް އެސްއެމްއެސްއަށް ބަލާ ދޭ އެވޯޑެކެވެ. މި އެވޯޑަށް ނޮމިނޭޓުވެފައިވާ ނޫސްވެރިންނަކީ:
1- އަލީ ޔާމިން - ވަން އޮންލައިން
2- އަހުމަދު ނާއިފް – ދައުރު
3- އާސިމާ ނިޒާރު – މިހާރު
4- ލައިސާ އަހުމަދު - ރާއްޖެ ޓީވީ
މި އެވޯޑަކީ ކޮންމެ އަހަރަކު ވެސް އެމްއެމްސީން ބާއްވާ އެވޯޑު ހަފްލާއެކެވެ. މި ހަފްލާގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ނޫސްވެރިން ކުރަމުންދާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް އިނާމު ދިނުމެވެ. އެގޮތުން ޕްރިންޓް، ބްރޯޑްކާސްޓް އަދި ޑިޖިޓަލް ނޫސްވެރިކަމުގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފީޗާ ރިޕޯޓިން، އިންވެސްޓިގޭޓިވް ޖާނަލިޒަމް އަދި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ރިޕޯޓިން ފަދަ ކެޓަގަރީތަކުން އިނާމު ދެ އެވެ.