"އަންކާރާ" ޕާސްތާއަށް އެސްޓީއޯއިން ހާއްސަ އިވެންޓެއް
"އަންކާރާ" ޕާސްތާއަށް އެސްޓީއޯއިން ހާއްސަ އިވެންޓެއް

އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާ އަށް ހާއްސަކޮށް ބާއްވާ "އަންކާރާ ނައިޓް" ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ އެ އިވެންޓު އޮންނާނީ އެމްއެންޔޫގައި ކަމަށެވެ.

"އަންކާރާ ނައިޓް" ބާއްވަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާ ގުޅިގެންނެވެ. މި އިވެންޓުގައި "އަންކާރާ" ޕާސްތާ ފްރީ ޓޭސްޓިން އަދި ލައިވް މިއުޒިކް ކުރިއަށް ދާނެ އެވެ. އަދި ބައިވެރިންނަށް އިނާމެއް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ބުންޏެވެ.

މި އިވެންޓު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:00 އިން 10:30 އަށެވެ.

"އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ. "އަންކާރާ" ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖު،ތަރުކާރީ، ބުރޭން، ހޯލް ވީޓް ފަދަ އެކި ވެރައިޓީތަކުގެ ޕާސްތާ، އެސްޓީއޯ ޕީޕަލް ޗޮއިސްގައި ހުރެއެވެ.

"އަންކާރާ" ވިޓަމިން ސީރީޒް އަކީ ވިޓަމިންތަކުން ފުރިފައިވާ، ހުރިހާ އުމުރުފުރަޔަކަށް ވެސް ވިޓަމިންގެ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން މީރު ރަހައެއް ލާ ޕާސްތާއެކެވެ. އަދި ކުޑަކުދިންނަށް ކަމުދާނެގޮތަށް އުފައްދައިފައިވާ ތަރުކާރީ ސީރީޒަކީ ދުޅަހެޔޮ ކާނާ ކެއުމަށް އިސްކަންދޭ މީހުންނަށް ވަރަށް ރަނގަޅު ޗޮއިސްއެއް ކަމަށް އެސްޓީއޯއިން ފާހަގަކުރެ އެވެ.

މި ބްރޭންޑަކީ ތުރުކީއިން އެތެރެ ކުރާ ބްރޭންޑެކެވެ.