23 ނޮވެމްބަރ 2023 - 11:50

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ކާރަކުން ދެ ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އުމުރުން 30 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ހުޅުމާލެ ކޯޓުން 7 ދުވަސް ޖަހާފައިވާ ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އެތަނުން އެކަކަށް ފަރުވާދެނީ އައިސީޔޫގަ އެވެ. ދެވަނަ މީހާ އަށް ފަރުވާދެމުން އަންނަނީ އެޗްޑީޔޫގަ އެވެ.
އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހާގެ ހާލު ސީރިއަށް ކަމަށް ހޮސްޕިޓަލުން އިއްޔެ ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެނުނު ގޮތުގައި އެކްސިޑެންޓު ހިނގި ތަނުގައި ތިން މީހަކު ހޭނެތިފައި ބިންމަތީގައި އޮތެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލްތަކުގައި ޖެހިގެންނެވެ. އަދި އަނިޔާވި ހަތަރު މީހުންނަކީ އެތަނުން ދެ ސައިކަލެއްގައި ތިބި މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުވި ކާރު އޮތީ މަގުގެ އަނެއްކޮޅުން ދުއްވާ އެއްޗެހި އަންނަ ލޭނުގަ އެވެ.