މަރާމާތުކުރި ޕިކަޕެއް ސްޓާޓް ކޮށްލި ވަގުތު ކޮންޓްރޯލް ނުވެ މީހަކަށް އަނިޔާވެއްޖެ
މަރާމާތުކުރި ޕިކަޕެއް ސްޓާޓް ކޮށްލި ވަގުތު ކޮންޓްރޯލް ނުވެ މީހަކަށް އަނިޔާވެއްޖެ

މަގުމަތީ ބާއްވައިގެން ޕިކަޕެއް މަރާތުކުރުމުގެ ތެރޭ އޭގެ އިންޖީން ސްޓާޓްކުރި އިރު ގިޔަރަށް ލާފައި ހުރުމުން ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.

މަރާމާތުކުރި ޕިކަޕެއް ސްޓާޓް ކޮށްލި ވަގުތު ކޮންޓްރޯލް ނުވެ މީހަކަށް އަނިޔާވެއްޖެ
މަރާމާތުކުރި ޕިކަޕެއް ސްޓާޓް ކޮށްލި ވަގުތު ކޮންޓްރޯލް ނުވެ މީހަކަށް އަނިޔާވެއްޖެ

އެކްސިޑެންޓް ހިނގީ ނެރުމަތީ ހިނގުމުގައި ބާއްވައިގެން ޕިކަޕް މަރާމާތުކުރުމުގެ ތެރޭގައި، ޑްރައިވަރު ޕިކަޕުގެ ބޭރުގައި ހުރެ ސްޓާޓްކޮށްލި ވަގުތު އެވެ. ސްޓާޓްކޮށްލި އިރު ޕިކަޕް ގިޔަރަށް ލާފައި ހުރުމުން ޕިކަޕް ކުއްލިއަކަށް ނުކުތީ ގޯޅިއާ ގުޅިފައި އޮތް ހަވީރީ ހިނގުމަށެވެ.

މަރާމާތުކުރި ޕިކަޕެއް ސްޓާޓް ކޮށްލި ވަގުތު ކޮންޓްރޯލް ނުވެ މީހަކަށް އަނިޔާވެއްޖެ
މަރާމާތުކުރި ޕިކަޕެއް ސްޓާޓް ކޮށްލި ވަގުތު ކޮންޓްރޯލް ނުވެ މީހަކަށް އަނިޔާވެއްޖެ

ގޯޅި ކަންމަތީ ޕާކުކޮށްފައި ބާއްވައިގެން މަރާމާތުކުރި ޕިކަޕް މަގަށް ނުކުމެ، ކޮންޓްރޯލްވީ ކުރިމަތީ ހުރި ފާރުގައި ޖެހިފަ އެވެ. އެކަމަކު ޕިކަޕްގެ ޑްރައިވަރު އެ ވަގުތު ޕިކަޕް ކޮންޓްރޯލްކުރަން އުޅުމުގެތެރޭ ފަޔަށް އަނިޔާވެ ވަގުތުން ވަނީ، ސައިކަލެއްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ޑްރައިވަރު ޕިކަޕް ހުއްޓުވަން އެޔަށް އަރަން އުޅުމުގެ ތެރޭ ފައިތިލަމައްޗަށް ފުރޮޅު އެރީ ކަމަށް ބެލެވެ އެވެ.

އެކްސިޑެންޓު ހިނގި ތަނުގައި ތިބި ބައެއް މީހުން ބުނި ގޮތުގައި، އެ ޕިކަޕް މަރާމާތު ކުރުމުގެ މަސައްކަތް ކުރާތާ ހަތަރު ވަރަކަށް ދުވަސް ވެއްޖެ ކަމަށެވެ. ޕިކަޕްގެ ކުރީކޮޅު ހިއްލައިގެން މަރާމާތުކުރުމަށް ފަހު ޓެސްޓުކުރުމުގެ ގޮތުން ޕިކަޕު ސްޓާޓް ކޮށްލީ ގިޔަރަށް ލައިފައި އިން ކަން ނޭނގި ކަމަށް އެތަނުގައި ތިބި މީހުން ބުންޏެވެ.

ސްޓެލްކޯގެ ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުރި ބިމުގެ ބޭރު ފާރުގައި ޕިކަޕް ޖެހި ކުރިމަތީ ބިއްލޫރިގަނޑު ވެސް އޮތީ ތެޅިފަ އެވެ.

ހާދިސާ ހިނގީ ބާޒާރުމަތީ ކާރުބާރު ބޮޑު ސަރަހައްދެއްގައި ކަމަށް ވިޔަސް، ޕިކަޕް ކޮންޓްރޯލް ނުވެ މަގަށް ނުކުތް ވަގުތު އެއްވެސް މީހަކު ވެސް އަދި ވެހިކަލެއް ވެސް އެ ދިމާލަކު ނެތެވެ.

ފިކަޕުގެ ކުރިމަތީގައި ޕާކު ކޮށްފައި ހުރި ސައިކަލަކަށް ވެސް މި އެކްސިޑެންޓުގައި ގެއްލުންވި އެވެ.

މި ހާދިސާއާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.