ހުޅުމާލޭގައި ބާރަށް ދުއްވި ކާރަކުން ދެ ސައިކަލްގައި ޖެހި ދެ މީހެއްގެ ހާލު ސީރިއަސް
ހުޅުމާލޭގައި ބާރަށް ދުއްވި ކާރަކުން ދެ ސައިކަލްގައި ޖެހި ދެ މީހެއްގެ ހާލު ސީރިއަސް

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ކާރަކުން ދެ ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ހުޅުމާލޭގައި ބާރަށް ދުއްވި ކާރަކުން ދެ ސައިކަލްގައި ޖެހި ދެ މީހެއްގެ ހާލު ސީރިއަސް
ހުޅުމާލޭގައި ބާރަށް ދުއްވި ކާރަކުން ދެ ސައިކަލްގައި ޖެހި ދެ މީހެއްގެ ހާލު ސީރިއަސް

އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ. ނަމަވެސް ފުލުހުން ބުނީ އެކްސިޑެންޓުގައި ދެ އަންހެނުންނާއި ދެ ފިރިހެނުންނަށް އަނިޔާވި ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އަނިޔާވި އަންހެނަކާއި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގި ތަނުގައި ތިން މީހަކު ހޭނެތިފައި ބިންމަތީގައި އޮތެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލްތަކުގައި ޖެހިގެން ކަމަށެވެ. އަދި އަނިޔާވި ހަތަރު މީހުންނަކީ އެތަނުން ދެ ސައިކަލެއްގައި ތިބި މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ކާރު އޮތީ މަގުގެ އަނެއްކޮޅުން ދުއްވާ އެއްޗެހި އަންނަ ލޭނު ތެރޭގަ އެވެ.