މުޒާހަރާގެ ބައިވެރިންނާ އެކު މިނިސްޓަރު ޒަމީރު ވެސް ގޮވާލެއްވީ ހަމަލާތައް ވަގުތުން ހުއްޓާލަން
މުޒާހަރާގެ ބައިވެރިންނާ އެކު މިނިސްޓަރު ޒަމީރު ވެސް ގޮވާލެއްވީ ހަމަލާތައް ވަގުތުން ހުއްޓާލަން

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރުމަށް ގޮވާލައި، ފޮރިން މިނިސްޓްރީ ކުރިމަތީގައި ކުރި މުޒަހާރާގައި ބައިވެރިވެވަޑައިގެން، ފަލަސްތީނުގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ގޮވާލައްވައިފި އެވެ.

މުޒާހަރާގެ ބައިވެރިންނާ އެކު މިނިސްޓަރު ޒަމީރު ވެސް ގޮވާލެއްވީ ހަމަލާތައް ވަގުތުން ހުއްޓާލަން
މުޒާހަރާގެ ބައިވެރިންނާ އެކު މިނިސްޓަރު ޒަމީރު ވެސް ގޮވާލެއްވީ ހަމަލާތައް ވަގުތުން ހުއްޓާލަން

ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ މީހުންނަށް ލާއިންސާނީ އަނިޔާ ދެމުން ގެންދާ އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއިން ބަލައިނުގަތުމަށާއި އެ ތަނުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާކުރަން ގޮވާލައި ސިލްސިލާކޮށް، ކުރަމުންދާ މުޒާހަރާގައި ފޮރިން މިނިސްޓަރު އަޑު އުފުއްލެވީ މުޒާހަރާކުރާ މީހުން މިއަދު މެންދުރު ފޮރިން މިނިސްޓްރީ ދޮރުމައްޗަށް އެއްވުމުން އެތަނުގަ އެވެ.

މުޒާހަރާގެ ބައިވެރިންނާ އެކު މިނިސްޓަރު ޒަމީރު ވެސް ގޮވާލެއްވީ ހަމަލާތައް ވަގުތުން ހުއްޓާލަން
މުޒާހަރާގެ ބައިވެރިންނާ އެކު މިނިސްޓަރު ޒަމީރު ވެސް ގޮވާލެއްވީ ހަމަލާތައް ވަގުތުން ހުއްޓާލަން

މިނިސްޓަރު ޒަމީރު ވަނީ މުޒާހަރާގެ ބައިވެރިންގެ ގާތަށް ވަޑައިގެން ޕެޓިޝަނުގައިވާ ކަންކަން އަޑުއައްސަވައިފަ އެވެ.

ޒަމީރު ވިދާޅުވީ، މިއަދު ވެސް ދެ ގައުމެއްގެ ސަފީރުންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެ ބައްދަލުވުންތަކުގައި ވެސް، އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން އެދިވަޑައިގެންފައިވާނެ ކަމަށެވެ.

"އިމީޑިއޭޓް ސީޒްފަޔާއެއް ބޭނުންވާ ވާހަކަ އާއި ހިއުމަޓޭރިއަން އެއިޑް ބޭނުންވާ ވާހަކަ ދަންނަވާފައި ވާނީ،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވާހަކަދައްކަވަމުން ދަނިކޮށް މުޒާހަރާގެ ބައިވެރިން "ސީޒްފަޔާ ނައު" ގޮވަން ފެށުމާ އެކު، އޭނާ ވެސް ވަނީ އެގޮތަށް އަޑު އުފުއްލަވައިފަ އެވެ.

"ސީޒް ފަޔާ ނައު އިނގޭތޯ އަޅުގަނޑުގެ ސްޓޭންޑަކީ ވެސް،" އިޒްރޭލާ ދެކޮޅަށް އަޑުއުފުއްލަވައި ޒަމީރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ރައީސަށް ސިޓީއަކުން އެދެން ފާސްކޮށްފަ އެވެ. ނަމަވެސް، ޒަމީރު ވިދާޅުވީ މިހާތަނަށް އެކަމާ ގުޅޭ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.