މާލޭގައި ހުރި ހިތްފަސޭހަ "ކައިމައި ރެޒިޑެންސެސް"ގެ ޕްރިމިއަމް އެޕާޓްމަންޓުތައް ކުއްޔަށް
މާލޭގައި ހުރި ހިތްފަސޭހަ "ކައިމައި ރެޒިޑެންސެސް"ގެ ޕްރިމިއަމް އެޕާޓްމަންޓުތައް ކުއްޔަށް

އެތައް ބަޔަކު ދިރިއުޅޭ މާލޭގައި ހިތްފަސޭހަ, ހިތްގައިމު އެޕާޓްމަންޓެއް ހޯދުމަކީ ދަތި ކަމެކެވެ. އެކި ވަޒީފާތައް އަދާކުރުމަށް މާލެއަށް ބަދަލުވާ ބިދޭސީންގެ ވެސް އެންމެ ބޮޑު އެއް ޝަކުވާ އަކީ މާލޭގައި ޕްރިމިއަމް ހިދުމަތްތަކެއް ލިބޭ, ލަގްޒަރީ ފެންވަރުގެ އެޕާޓްމަންޓުތައް މަދުވުމެވެ. އަދި ރައްކާތެރިކަން ކަށަވަރުކޮށްދޭ އިމާރާތްތައް މާލޭގައި މަދުވުމެވެ.

މާލޭގައި ހުރި ހިތްފަސޭހަ "ކައިމައި ރެޒިޑެންސެސް"ގެ ޕްރިމިއަމް އެޕާޓްމަންޓުތައް ކުއްޔަށް
މާލޭގައި ހުރި ހިތްފަސޭހަ "ކައިމައި ރެޒިޑެންސެސް"ގެ ޕްރިމިއަމް އެޕާޓްމަންޓުތައް ކުއްޔަށް

ދާދި ފަހުން ކައިމޫ ހޮޓެލްސްއިން އިމާރާތް ކުރި "ކައިމައި ރެޒިޑެންސެސް" އަކީ ގުދުރަތީ އަލި ރީތިކޮށް ލިބޭ, ވެންޓިލޭޝަން ރަނގަޅު ތަނެކެވެ. މި ތަން ފަރުމާކުރުމުގައި އިމާރާތާއި އިމާރާތުގެ އިންޓީރިއާގައި ހިޔާރުކޮށްފައި ވަނީ ޒަމާނާ ގުޅޭ މިނިމަލިސްޓިކް ޑިޒައިންތަކެވެ. އަދި އެޕާޓްމަންޓުތައް ފުލީ ފާނިޝްކޮށްފައި ވާއިރު, ބޭނުންކޮށްފައި ވަނީ އިންޓީރިއާ އާ ގުޅޭ ކޮންޓެމްޕަރަރީ ފަރުނީޗަރުތަކެކެވެ.

މާލޭގައި ހުރި ހިތްފަސޭހަ "ކައިމައި ރެޒިޑެންސެސް"ގެ ޕްރިމިއަމް އެޕާޓްމަންޓުތައް ކުއްޔަށް
މާލޭގައި ހުރި ހިތްފަސޭހަ "ކައިމައި ރެޒިޑެންސެސް"ގެ ޕްރިމިއަމް އެޕާޓްމަންޓުތައް ކުއްޔަށް

އެޕާޓްމަންޓުތަކުގެ އިތުރު ފުރިހަމަ ކަމަށް ރެފްރިޖަރޭޓަރު, ޑިޝްވޮޝާ, އިންޑަކްޝަން ކުކާ, ފަދަ ބަދިގެއަށް ބޭނުންވާ އަގުހުރި ތަކެތި ވަނީ ބަހައްޓައިފަ އެވެ. އަދި ތަނުގެ ކޮލިޓީ ޔަގީންކުރުމަށް ފާހަނާތަކުގައި ބޭނުން ކޮށްފައި ވަނީ ޕްރިމިއަމް ބްރޭންޑުތަކުގެ ތަކެއްޗެވެ. މި ތަނުގެ އެޕާޓްމަންޓުތަކުގައި އެއްޗިހި ދޮވުމަށް ތަނުން ޖާގަ ނުގެއްލޭ ގޮތަށް ވަކި ތަނެއް ކަނޑައަޅާފައި ހުރެ އެވެ.

މާލޭގައި ހުރި ހިތްފަސޭހަ "ކައިމައި ރެޒިޑެންސެސް"ގެ ޕްރިމިއަމް އެޕާޓްމަންޓުތައް ކުއްޔަށް
މާލޭގައި ހުރި ހިތްފަސޭހަ "ކައިމައި ރެޒިޑެންސެސް"ގެ ޕްރިމިއަމް އެޕާޓްމަންޓުތައް ކުއްޔަށް

"ކައިމައި ރެޒިޑެންސެސް"ގެ އެޕާޓްމަންޓުތަކުގައި ވޯޓާ ޕިއުރިފަޔާ ހަރުކޮށްފައިވާއިރު, ކަރަންޓު ކެނޑިދާނެ ހާލަތެއްގައި ބޭނުން ކުރާނެ އިމަޖެންސީ ލައިޓު ހުރެ އެވެ. އަދި އެ ފަދަ ހާލަތެއްގައި މެދުނުކެނޑި ލިފްޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ބެކަޕް ޖެނެރޭޓަރެއް ވެސް ހުރެ އެވެ.

މާލޭގައި ހުރި ހިތްފަސޭހަ "ކައިމައި ރެޒިޑެންސެސް"ގެ ޕްރިމިއަމް އެޕާޓްމަންޓުތައް ކުއްޔަށް
މާލޭގައި ހުރި ހިތްފަސޭހަ "ކައިމައި ރެޒިޑެންސެސް"ގެ ޕްރިމިއަމް އެޕާޓްމަންޓުތައް ކުއްޔަށް

މި ތަން އިމާރާތްކުރުމުގައި ވެސް އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ އެ ތަނުގައި ދިރިއުޅޭނެ ރެޒިޑެންޓުންގެ ރައްކާތެރިކަމަށެވެ. އެ ތަނުގައި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލަޖީ ހިމެނޭ ލޮކާއި ސެކިއުރިޓީ ކެމެރާ ވަނީ ބަހައްޓައިފަ އެވެ. އަދި މި ތަނުގައި ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވެ ތިބުމަށް އިމާރާތުގައި ސްމޯކް ޑިޓެކްޓަރާއި ފަޔާ އެކްސްޓިންގުއިޝާޒް ހުރެ އެވެ.

"ކައިމޫ ހޮޓެލްސް"ގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އަލީ ވިދާޅުވި ގޮތުގައި މި ރެޒިޑެންސްތަކުގައި އެ ކުންފުނިން ގެންގުޅޭ މޮޑާން ޝީކް ހިޔާލުތައް ފުރިހަމައަށް ފެންނާނެ ކަމަށެވެ. އަދި މި ތަނަކީ މި ތަނަށް އަންނާނެ ރެޒިޑެންޓުންނަށް ފަސޭހަވާނެ ގިނަ ހިދުމަތްތަކެއް ހުރި ތަނެއް ކަމަށާއި މި ފަދަ ޕްރިމިއަމް ތަނެއް ދިރުއުޅުމަށް މާލެއިން ފޯރުކޮށްދެވުމަކީ އެ ކުންފުނިން އުފާކުރާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

"ކައިމައި ރެޒިޑެންސް"ގައި ރެޒިޑެންޓުންނަށް ބޭނުން ކުރެވޭނެ ހިތްފަސޭހަ ޖާގަ ތަނަވަސް ރޫފްޓޮޕެއް ހުރެ އެވެ. އަދި މާލޭގައި އެންމެނަށް ވެސް ބޮޑު ގޮންޖެހުމެއް ކުރިމަތިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދާދިނުމަށް ރެޒިޑެންޓުންނަށް ހާއްސަ ޕާކިން ސަރަހައްދެއް ވެސް ހުރެ އެވެ. ކޮންމެ އެޕާޓްމަންޓަކަށް ވެސް މި ތަނުން އެއް ސްލޮޓް ލިބޭނެ އެވެ.

މި ތަނަކީ އޭޑީކޭ ހޮސްޕިޓަލާއި, ސްކޫލްތަކާއި ބޭންކުތައް އަދި އޭޓީއެމް އާއި ފާމަސީތަކާއި ފިހާރަތަކާ ވެސް ކައިރި ތަނެކެވެ. މި ތަން ހުންނަނީ ހެންވޭރު ވައިލެޓް މަގުގަ އެވެ.

"ކައިމައި ރެޒިޑެންސް"އިން މިހާރު ވަނީ އެޕާޓްމަންޓުތައް ކުއްޔަށް ދޫކުރަން ފަށައިފަ އެވެ. އެޕާޓްމަންޓު ބަލަން ބޭނުންވާ ފަރާތްތަކަށް އެ ތަނުގެ ވެބްސައިޓުން ހެނދުނު 8 އާއި 10 އާ ދެމެދުގެ ވަގުތެއް ބުކްކޮށް އެޕާޓްމަންޓު ބެލޭނެ އެވެ.

މި ތަނުގެ ދެ ކޮޓަރި އެޕާޓްމަންޓުތަކުގެ އަގުތައް އުޅެނީ 27,000ރ. އާ 28,000ރ. އާ ދެމެދު އެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގެ އަގުތައް އުޅެނީ 31,000ރ. އާއި 32,500ރ. އާ ދެމެދު އެވެ.

މި ތަނާ ގުޅޭ އިތުރު މައުލޫމާތު 3312212 އިން ލިބޭނެ އެވެ. އަދި[email protected]އީމެއިލް ކޮށްގެން ވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.

ނޯޓު: މިއީ "ކައިމައި ރެޒިޑެންސް"ގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.