ބޭރު މީހުންނަށް ޓޫރިސްޓް އުޅަނދުތައް އޮޕަރޭޓް ކުރެވޭ އުސޫލަށް ލުއިތަކެއް ދީފި
ބޭރު މީހުންނަށް ޓޫރިސްޓް އުޅަނދުތައް އޮޕަރޭޓް ކުރެވޭ އުސޫލަށް ލުއިތަކެއް ދީފި

ފަތުރުވެރިކަމުގެ ބޭނުމަށް ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އޮޕަރޭޓްކުރާ ޓޫރިސްޓް އުޅަނދުތައް އޮޕަރޭޓް ކުރެވޭ ގޮތްތަކަށް ލުއި ދީ، ގަވާއިދު އިސްލާހުކޮށްފި އެވެ.

ޓޫރިސްޓް އުޅަނދުތައް ހިންގުމާ ބެހޭ ގަވާއިދު ކުރިން ބުނާގޮތުން ރާއްޖެއިން ބޭރު މީހަކަށް ނުވަތަ ރާއްޖެއިން ބޭރު މީހުން ހިއްސާވާ ކުންފުންޏަކުން ޓޫރިސްޓް އުޅަނދެއް ރާއްޖޭގައި އޮޕަރޭޓް ކުރެވޭނީ އެ ފަރާތުން ރާއްޖޭގައި އޮޕަރޭޓް ކުރަން ބޭނުންވާ އުޅަނދެއްގައި މަދުވެގެން 20 ކޮޓަރި ހުރުމާ އެކު މަދުވެގެން 40 އެނދު ހުރި ނަމަ އެވެ.

އެކަމަކު އެ ގަވާއިދަށް މިއަދު ގެނައި އިސްލާހު ބުނާގޮތުން ބޭރުގެ ފަރާތަކުން ނުވަތަ ބޭރު ފަރާތެއް ހިއްސާވެގެން އޮޕަރޭޓްކުރި ޓޫރިސްޓް އުޅަނދުތަކުގެ ތެރެއިން މަދުވެގެން 10 ކޮޓަރި އާއި 30 އެނދު ހުރުމާ އެކު ގަވާއިދުގައި ބުނާ އެހެން ކަންކަން ފުރިހަމަވާ ނަމަ އެ އުޅަނދެއް އޮޕަރޭޓް ކުރަން ހުއްދަ ދެވިދާނެ އެވެ.

އެކަމަކު އެ އިސްލާހުގެ ދަށުން ލުއި ލިބޭނީ 2008 ގައި އެ ގަވާއިދަށް އަމަލުކުރަން ފެށިއިރު ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަ ނަގާފައި އޮތް އުޅަނދުތަކަށް ކަމަށް އެ އިސްލާހުގައިވެ އެވެ.