18 ނޮވެމްބަރ 2023 - 23:13

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ކުރިމަތިލައްވައިފި އެވެ.
އެމްޑީީޕީގެ ޕީޖީ ލީޑަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވުމާ ގުޅިގެންނެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕީޖީ ލީޑަރު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ކަމަށެވެ.
އިންތިހާބުގައި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައިވާ ލިސްޓު އާންމުކޮށްފައިވާއިރު، ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގެންނެވީ މެންބަރު މުހައްމަދު ރަޝީދަށެވެ. ދެވަނަ ނަންބަރު މެންބަރު ޣަނީއަށް ލިބިވަޑައިގެންނެވިއިރު ޖާބިރަށް ލިބިވަޑައިގެންނެވީ ތިން ވަނަ އެވެ.