ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް
ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް

ޝާރިގާ (ނޮވެމްބަރު 17) - ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރުގައި ވާދަކުރާ ފަލަސްތީނު ކުޅުނު ފުރަތަމަ މެޗުގައި ލެބަނަންއާ ދެކޮޅަށް ކުޅެ ޕޮއިންޓެއް ހޯދައިފި އެވެ.

ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް
ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް

މި މެޗަކީ ލެބަނަންގެ ހޯމް މެޗެވެ. އެގައުމުގެ ވެރިިކަންކުރާ ބެއިރުޓްގައި މެޗު ކުޅެން އޮތް ނަމަވެސް އިޒްރޭލް-ގާޒާ ހަނގުރާމައިގެ ސަބަބުން ޔޫއޭއީގައި މެޗު ކުޅޭގޮތަށް ހަމަޖެއްސީ އެވެ. ބުރާސްފަތި ދުވަހު ކުޅުނު މި މެޗު އެއްވަރުވީ ލަނޑެއް ނުޖެހި 0-0 އިންނެވެ.

ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް
ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް

ހަނގުރާމައާ ގުޅިގެން ގުރޫޕް އައި ގައި ވާދަކުރާ ފަލަސްތީނާއި ލެބަނަންގެ ހޯމް މެޗުތައް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ނިއުޓްރަލް ދަނޑުތަކުގަ އެވެ.

ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް
ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް

މެޗު ކުޅެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް ފަލަސްތީނުން އެޓީމުގެ ރަސްމީ ފަރިތަކުރުންތައް ފެށި ނަމަވެސް، އެޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް
ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް

މެޗުގެ ކުރިން ފަލަސްތީނު ޓީމުން ދަނޑަށް އެރީ އެގައުމު ގައުމީ ވަންތަކަމުގެ ނިޝާން ކަމަށްވާ ކޫފިއްޔާ އަޅައިގެންނެވެ. އަދި ހަނގުރާމައިގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ހަނދާނުގައި ސުކޫތެއް ވެސް އޮތެވެ.

ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް
ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް

އަންނަ އަންގާރަ ދުވަހު ފަލަސްތީމުގެ ފުރަތަމަ ހޯމް މެޗު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭނެ އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ކުވެއިތުގަ އެވެ.

ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް
ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ނުކުޅެވުނު ފަލަސްތީނާއި ލުބުނާނަށް ޕޮއިންޓެއް

ފަލަސްތީނާއި ލެބަނަން އަދި އޮސްޓްރޭލިއާގެ އިތުރުން މި ގުރޫޕްގައި ދެން ހިމެނެނީ، ދިވެހިރާއްޖެ ކަޓުވާލާފައި މި ބުރުން ފުރުސަތު ހޯދި ބަންގްލަދޭޝް އެވެ.

ބަންގްލަދޭޝްގެ ފުރަތަމަ މެޗު، އޮސްޓްރޭލިއާގައި އެ ގައުމާ ދެކޮޅަށް ކުޅެ ބަލިވީ 7-0 އިންނެވެ.

އޮސްޓްރޭލިއާގެ ގޯލުތައް ޖަހައިދިނީ މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކުޅުނު ޑިފެންޑަރު ހެރީ ސައުޓާ އާއި ޖަރުމަން ބުންޑެސްލިގާގައި ކުޅެފައިވާ ވިންގާ ބްރެންޑޮން ބޮރެއްލޯގެ އިތުރުން ފޯވާޑް މިޓްޝެލް ޑިއުކް އާއި ޖެމީ މެކްލަރޭން އެވެ. މެކްލަރޭންގެ ހެޓްރިކެއް ފެނުނު މި މެޗުގައި ޑިއުކް ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މި މެޗުގައި އޮސްޓްރޭލިއާ މުޅިން ހެން ކުޅުނީ ދެ ސެންޓަ ބެކުން ފަހަތުގައި ތިއްބައިގެން، ފަސް ކުޅުންތެރިއަކު އަބަދުވެސް އެޓޭކުގައި ބައިވެރި ކުރަމުންނެވެ.

އެޓީމުން ފޮނުވާލި 29 ހަމަލާގެ ތެރެއިން 14 ހަމަލާ ގޯލާ އަމާޒުކޮށް ފޮނުވާލި އިރު، ހަތް ހަމަލާއެއް ބަންގްލަދޭޝްގެ 19 އަހަރުގެ ކީޕަރު މިތުލް މަރުމާ ދިފާއު ކުރި އެވެ. އެގޮތުން އޮސްޓްރޭލިއާ އިން އަށްވަނަ ގޯލެއް ޖަހަން ފޮނުވާލި ޕެނަލްޓީ ވެސް އޭނާ މަތަކުރި އެވެ.

ބަންގްލަދޭޝްގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގެ ނޭޕާލާއި ޕާކިސްތާން އަދި އިންޑިއާ ވެސް ވޯލްޑް ކަޕް ކޮލިފައިން ދެވަނަ ބުރުގައި ބުރާސްފަތި ދުވަހު ކުޅުނެވެ. އޭގެ ތެރެއިން މޮޅެއް ހޯދުނީ އިންޑިއާ އަށެވެ.

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވެސް އިންޑިއާއާ ދެކޮޅަށް ކުޅުނު ކުވެއިތުގައި އެގައުމާ ދެކޮޅަށް ކުޅެ އިންޑިއާ މޮޅުވީ މެޗު ނިމެން 15 މިނިޓަށް ވެފައި ވަނިކޮށް މަންވީރު ސިންގް ޖަހައިދިން ގޯލުން 1-0 އިންނެވެ.

އިންޑިއާ އާއި ކުވެއިތު ހިމެނޭ ގުރޫޕްގައި ގަތަރުން ވަނީ އަމިއްލަ ދަނޑުގައި 8-1 އިން އަފްގާނިސްތާނު ބަލިކޮށްފަ އެވެ.

ޔޫއޭއީއާ ދެކޮޅަށް ގުރޫޕް އެޗްގައި ކުޅުނު ނޭޕާލް ބަލިވީ 4-0 އިންނެވެ. ޔޫއޭއީ އިން ޖެހި ހަތަރު ގޯލު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ. މި ގުރޫޕުގައި ދެން ހިމެނޭ ބަހްރޭން ވަނީ 2-0 އިން ޔަމަން ބަލިކޮށްފަ އެވެ.

މުޅިން އަލަށް ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރުގައި ކުޅޭ ޕާކިސްތާން ކުޅުނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. މި މެޗުން ޕާކިސްތާން ބަލިވީ 4-0 އިންނެވެ.

ފުރަތަމަ ހާފުގައި އަލް ހިލާލަށް ކުޅޭ އައް ޝެހްރީގެ ގޯލަކުން ސައުދީން ލީޑު ކުރިއިރު، ދެވަނަ ހާފު ފެށުނުތަނާހެން ލިބުނު ޕެނަލްޓީއަކުން އޭނާ ވަނީ ސައުދީ އަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

ސަައުދީގެ ފަހު ދެ ގޯލު، އައް ނަސްރަށް ކުޅޭ އަބްދުއްރަހްމާން ގަރީބާއި ހިލާލުގެ ލޯނު އުސޫލުން އައް ޝަބާބަށް ކުޅެމުން އަންނަ އަބްދުﷲ ރަދީފް ޖެހީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ހަތަރު ޓީމުވެސް ފުރަތަމަ މެޗު ކުޅުނީ ރަށުން ބޭރުގަ އެވެ. އަންނަ ހަފްތާ މި ހަތަރު ޓީމުގެ މެޗު ވެސް އޮންނާނީ އަމިއްލަ ގައުމުގަ އެވެ.