އައިވީއެފް ހަދަން އާސަންދަ ދިނުން މުއިއްޒުގެ 100 ދުވަހުގެ ތެރޭގައި ހިމަނައިފި
އައިވީއެފް ހަދަން އާސަންދަ ދިނުން މުއިއްޒުގެ 100 ދުވަހުގެ ތެރޭގައި ހިމަނައިފި

އައިވީއެފް ހިމެނޭ ގޮތަށް ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސަން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނައިފި އެވެ.

އައިވީއެފް ހަދަން އާސަންދަ ދިނުން މުއިއްޒުގެ 100 ދުވަހުގެ ތެރޭގައި ހިމަނައިފި
އައިވީއެފް ހަދަން އާސަންދަ ދިނުން މުއިއްޒުގެ 100 ދުވަހުގެ ތެރޭގައި ހިމަނައިފި

ގުދުރަތީ ގޮތުން ދަރިން ނުލިބޭނަމަ އެކަމަށް ދެން އޮތް ހައްލަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. މި ފަހަކާ ޖެހެންދެން ވެސް ރާއްޖޭގައި ތިބެގެން އައިވީއެފް ނުހެދޭތީ އެ ފަރުވާއަށް ގިނަ މީހުން ދަނީ އިންޑިއާއަށެވެ.

އެކަމަކު، ޓްރީޓޮޕް ހޮސްޕިޓަލުގައި މިދިޔަ މެއި މަހު ހުޅުވި ފާޓިލިޓީ ސެންޓަރާއެކު އެ ތަނުން ވަނީ އައިވީއެފް އަދި އައިޔޫއައި ހިދުމަތް ވެސް ފަށައިފަ އެވެ.

ނަމަވެސް، އަމިއްލަ އަތުން ކިތައްމެ ބޮޑު ހަރަދެއް ހިނގިއަސް އެއިން އެއްވެސް ފަރުވާއަކަށް އާސަންދައެއް ނުލިބެ އެވެ.

ހަފުތާ 14"ގެ ނަމުގައި ރޭ އިއުލާންކުރި މުއިއްޒުގެ 100 ދުވަހުގެ ޕްލޭންގައި ވަނީ ސިއްހީ ދުޅަހެޔޮކަމަށް އަމާޒުކޮށް 26 ކަމެއް ހިމަނައިފަ އެވެ.

އޭގެ ތެރޭގައި، ޕީސީއޯއެސް އަދި އެންޑޮމެޓްރިއޯސޮސް ފަދަ އަންހެނުންނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ބޭނުންވާ ފަރުވާ އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އައިވީއެފް ހިމެނޭގޮތަށް ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދިމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖެއްސުން ހިމެނެ އެވެ.

ދަރިމައިވުމުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް މިހާރު ވެސް އެންސްޕާއިން ދެކޮޅު ޓިކެޓާއެކު 500 ޑޮލަރު ދެ އެވެ. އެކަމަކު، އެ ފަރުވާ ހޯދަން ރާއްޖެއިން ބޭރުގައި ގިނަ ދުވަސް ވަންދެން މަޑުކުރަން ޖެހޭތީ އަތުން ބޮޑު ހަރަދެއް ހިނގަ އެވެ.

ދަރިމައިވުމުގެ މައްސަލަތަކަށް ރާއްޖޭގައި ތިބެގެން ފަރުވާ ހޯދާނަމަ އެއާ އެއްވަރުގެ އެހީއެއް އެންސްޕާއިން ދެ އެވެ.