ޖޭޑީއެސްގެ ރިޕޯޓިން ސެޝަނެއް ބާއްވައިފި
ޖޭޑީއެސްގެ ރިޕޯޓިން ސެޝަނެއް ބާއްވައިފި

ޖަޕާނު ސަރުކާރު ހިލޭ އެހީގެ ދަށުން ދޭ "ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް" (ޖޭޑީއެސް)ގެ ސްކޮލަޝިޕް ނިންމި ފަސް ދަރިވަރުންނަށް ރިޕޯޓިން ސެސަޝަނެއް ބާއްވައިފި އެވެ.

ޖޭޑީއެސްގެ ރިޕޯޓިން ސެޝަނެއް ބާއްވައިފި
ޖޭޑީއެސްގެ ރިޕޯޓިން ސެޝަނެއް ބާއްވައިފި

މި ސެޝަނުގައި އެ ދަރިވަރުން ވަނީ، ދަރިވަރުންގެ ދިރާސީ ހޯދުންތަކާއި ތަޖުރިބާތައް ހިއްސާކޮށްފަ އެވެ. މި ރިޕޯޓިން ސެޝަނުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކޭޗީ މިޑޯރީ އާއި ރާއްޖޭގައި ހުންނަ ޖޭއައިސީއޭ ރެޒިޑެންޓް ރިޕްރަޒެންޓޭޓިވް ޓަކީ މޮޓޯ އާއި ިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ފާތުމަތު އާމިރާ ބައިވެރިވެވަޑައިގެންނެވި އެވެ.

ޖޭޑީއެސްގެ ސްކޮލަޝިޕް ނިންމި ދަރިވަރުންނަކީ ޕްރިން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންނެވެ. ޖޭޑީއެސް ސްކޮލާޝިޕުގައި މި ދަރިވަރުން ވަނީ ޖަޕާނުގެ ޔުނިވާސިޓީތަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފަ އެވެ.

ޖޭޑީއެސް ސްކޮލާޝިޕް އަކީ ސިވިލް ސާވިސް އާއި މިނިވަން މުއައްސަސާތަކުގެ ދާއިމީ މުވައްޒަފުންނާއި ކޯޓުތަކާއި ކޯޓުތަކާއި ގުޅުން ހުރި އިދާރާތަކުގެ ދާއިމީ މުވައްޒަފުންނަށެވެ. ސްކޮލާޝިޕްގެ އަމާޒަކީ ސަރުކާރުގެ އިދާރީ ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތް އިތުރަށް ހަރުދަނާކޮށް، އެހީތެރިވެދިނުމުގެ ގޮތުން އެކި އިދާރާތަކުގެ މުވައްޒަފުންނަށް މާސްޓާސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީ، އެއީ ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމުގައި ފުރިހަމައަށް ބައިވެރިވާ، ގައުމީ ތަރައްގީގައި އިސްދައުރެއް އަދާކުރާނެ ބަޔަކަށް ހެދުމެވެ.

ސްކޮލާޝިޕުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސްކޮލާޝިޕަށް ހުށަހެޅޭނެ އެވެ. ސްކޮލާޝިޕާއި ގުޅޭ އިތުރު މައުލޫމާތު ޖޭޑީއެސްގެ ވެބްސައިޓުން ލިބޭނެ އެވެ.

ވެބްސައިޓް ލިންކު: https://jds-scholarship.org/country/maldives/index.html