16 ނޮވެމްބަރ 2023 - 11:34

ދުނިޔޭގެ މަގުބޫލު ބްރޭންޑް "ސްކެޗާޒް"ގެ އިތުރު ފިހާރައެއް ހުޅުވައިފި އެވެ.

"ސްކެޗާޒް"ގެ އާ ފިހާރަ ހުޅުވީ ހުޅުމާލޭގަ އެވެ. މިއީ ސްކެޗާޒްގެ ގިނަ ޕްރޮޑަކްޓުތަކެއް އެއް ތަނަކުން ބަލާލެވޭނެ, ހިތް ފަސޭހަ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޖާގަ ތަނަވަސް, ތަނެކެވެ. މި ތަން ޑިޒައިންކުރުމުގައި އިސްކަން ދިނީ ކަސްޓަމަރުންނަށް ފަސޭހަ ޝޮޕިން އެކްސްޕީރައެންސެއް ލިބޭނެ ޑިޒައިނަކަށް ތަން ފަރުމާކުރުމަށް ކަމަށް "ސްކެޗާޒް" ފިހާރައިން ބުންޏެވެ.

ރާއްޖޭގެ "ސްކެޗާޒް" ފިހާރައިގެ އޮފިޝަލަކު ވިދާޅުވީ "ސްކެޗާޒް" އަކީ ދިވެހިންގެ މަގުބޫލުކަން ލިބިފައިވާ ބްރޭންޑެއް ކަމަށެވެ. އެ ބްރޭންޑުގެ އެކި ރޭންޖުތަކުގެ އެކި ވައްތަރުގެ ބޫޓުތައް އެ ތަނުން ލިބެން ހުރިކަން ވެސް ފާހަގަކުރި އެވެ. އެ ތަނުގައި އެ ބްރޭންޑުގެ އެކި އެޕަރަލްސްތައް ވެސް ލިބެން ހުރެ އެވެ.
"ސްކެޗާޒް"ގެ އަލަށް ހުޅުވި ފިހާރައިގައި އެ ބްރޭންޑުގެ ޕާފޯމަންސް އަދި ކެޝުއަލް ގިނަ ބޫޓުތަކެއް ހުރެ އެވެ. އަދި ހިނގުމަށް ހާއްސަ ބޫޓާއި އެ ބްރޭންޑުގެ އެންމެ މަގުބޫލު މެމޮރީ ފޯމް ލައިނުގެ ބޫޓުތައް ވެސް ލިބެން ހުރެ އެވެ. އަދި މި ތަނުގައި ބޫޓުގެ އިތުރުން އެ ބްރޭންޑުގެ ފައިވާނާއި ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ސްލިޕް އޮން ޝޫޒް ވެސް ހުރެ އެވެ.
"ސްކެޗާޒް" ބްރޭންޑުގެ ބޫޓުތަކަކީ މައިބަދައިގެ މައްސަލަ އާއި ހުޅުތަކުގެ މައްސަލަ ހުންނަ މީހުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޫޓުތަކެކެވެ. މިއީ ފަޔަށް ފަސޭހަ, އަރާމު ބޫޓުތަކެއް ހުންނަ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު ބްރޭންޑެކެވެ.
ހުޅުމާލޭގައި ހުޅުވި "ސްކެޗާޒް" ފިހާރަ ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ރޭގަނޑު 10 އަށް ހުޅުވާފައި ހުންނާނެ އެވެ.
"ސްކެޗާޒް" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑު ރާއްޖެއަށް ތައާރަފްކޮށް, މި ބްރޭންޑުގެ ފުރަތަމަ ފިހާރަ ހުޅުވީ 2019 ވަނަ އަހަރު އެވެ.
"ސްކެޗާޒް" ފިހާރަ ހުންނަނީ ވަން ސެންޓްރަލް ޕާކު ކައިރީ، ރީތި ގަސް މަގުގަ އެވެ.