15 ނޮވެމްބަރ 2023 - 18:26

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ސައީދު އެ މަގާމުން އިސްތިއުފާ ދެއްވިކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.
ހުކުރު ދުވަހު ރިޔާސީ ދައުރު ހަމަވާތީ، މި ސަރުކާރުގެ އެކި ބޭފުޅުން ގެންދަވަނީ އިސްތިއުފާ ދެއްވަމުންނެވެ.
ސައީދު މަގާމުން އިސްތިއުފާ ދެއްވިއިރު، ފެނަކާއާ ގުޅޭ 75 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފެނަކައިގެ މައްސަލަތަަކުގައި އެ ކުންފުންޏަށް ފިޔަވަޅު އަޅަން އޭސީސީން ރައީސް އޮފީހަށް ވެސް އެންގި އެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް އެޅި ކަމެއް މިހާތަނަށް އެނގިފައެއް ނެތެވެ.
ސަރުކާރު ކުންފުނިތަކުގެ ދަރަނި ވަރަށް ބޮޑުވެފައި ވާއިރު، ފެނަކަ އަކީ އެންމެ ބޮޑު ދަރަނި އޮތް އެއް ކުންފުންޏެވެ. އެ ކުންފުނީގެ ދަރަނި ބިލިއަނަކަށް ވުރެ ބޮޑެވެ.