ބެލްކަންޏެއްގެ ބައެއް ވެއްޓި މަގުމަތީގައި ހުރި މީހަކަށް އަނިޔާވެއްޖެ
ބެލްކަންޏެއްގެ ބައެއް ވެއްޓި މަގުމަތީގައި ހުރި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ގެއެއްގެ ބެލްކަނީގެ ބައެއް ވެއްޓި، މަގުމަތީގައި ހުރި މީހަކަށް އަނިޔާވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބެލްކަނިން ވެއްޓި ޒަހަމްވި 24 އަހަރުގެ ފިރިހެނަކަށް އިމަޖެންސީ ރޫމްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ނަމަވެސް، ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނުގައި ހުންނަ ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި މަގުމަތީގައި ހުރި މީހަކަށާއި ސައިކަލްތަކަކަށް ގެއްލުން ލިބުނުކަމުގެ ރިޕޯޓެއް 1:15 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ކަމާގުޅޭ އިދާރާތަކަށް ހިއްސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި، ބެލްކަނީގެ ބައިތައް މުޅި ދުވާރުމައްޗަށް ވެއްޓިފައި ހުރިތަން ފެނެ އެވެ.