ސަރުކާރުގެ އަށް ކުންފުންޏެއްގެ އެމްޑީންނަށް އަންހެނުން ހަމަޖައްސަނީ
ސަރުކާރުގެ އަށް ކުންފުންޏެއްގެ އެމްޑީންނަށް އަންހެނުން ހަމަޖައްސަނީ

އަންނަ ހުކުރު ދުވަހު އުފެދޭ އާ ސަރުކާރުގައި އަންހެނުންގެ ހިއްސާ ބޮޑުކުރަން، ސަރުކާރު ހިއްސާވާ އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް އަންހެނުން ހަމަޖައްސަވަން ނިންމަވާފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އަށް ކުންފުންޏެއްގެ އެމްޑީންނަށް އަންހެނުން ހަމަޖައްސަނީ
ސަރުކާރުގެ އަށް ކުންފުންޏެއްގެ އެމްޑީންނަށް އަންހެނުން ހަމަޖައްސަނީ

އިންތިހާބީ ރައީސް ވަނީ ރޭ ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.

ސަރުކާރުގެ އަށް ކުންފުންޏެއްގެ އެމްޑީންނަށް އަންހެނުން ހަމަޖައްސަނީ
ސަރުކާރުގެ އަށް ކުންފުންޏެއްގެ އެމްޑީންނަށް އަންހެނުން ހަމަޖައްސަނީ

އެ ބައްދަލުކުރެއްވުމުގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިންގައި ވައުދު ވެވަޑައިގެންނެވި ގޮތަށް، އާ ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ ވަރަށް ބޮޑު ކުރައްވާނެ ކަމަށެވެ. އަންހެން ބޭފުޅުންނަކީ ދައުލަތް ހިންގުމުގައި ފުރިހަމަ ހިއްސާ ދެވެން ޖެހޭނެ ބައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ މިހާތަނަށް އެންމެ ގިނަ އަދަދު. އަޅުގަނޑަށް މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރުގައި ދެ ކުންފުންޏަށް ވުރެ ގިނައިން އެއްވެސް ސަރުކާރެއްގައި އަންހެން ބޭފުޅުން ނެތް ކުންފުނި ހިންގާފައެއް،" މުއިއްޒު ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި ގޮތުގައި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރަކަށް ވެސް މިފަހަރު ހަމަޖައްސަވާފައި ވަނީ އަންހެން ބޭފުޅެކެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

"... ދައުލަތުގެ މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރަކަށް ވެސް ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް. މިތަނުގައި އެ ބޭފުޅާ އެބަ އިންނެވި، އިރާދަކުރެއްވިޔާ ދައުލަތުގެ މަދުވެގެން އަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާނީ، އަންހެން ބޭފުޅުން،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ކެބިނެޓުގައި ވެސް ތިން މިނިސްޓްރީއެއް ހިންގެވުމަށް ވަޒީރުންގެ ގޮތުގައި އަންހެން ބޭފުޅުން ތިއްބަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ވައިސް ޗާންސެލަރަކަށް ވެސް މިފަހަރު ވަޑައިގަންނަވަނީ އަންހެން ބޭފުޅެކެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރު ހިންގުމަށް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވެސް ވީހާ ވެސް ގިނަ އަންހެނުން ވާދަކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންހެން މެމްބަރުން ގިނަކުރަން ބާރު އެޅުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް ހޮވޭ ކޮންމެ މެމްބަރަކަށް މަޖިލީހުގެ މުސާރަ އާއި އެލަވަންސްގެ އިތުރުން ޕާޓީން ހާއްސަ އެލަވަންސެއް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިންތިހާބީ ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 20 ޕަސެންޓް މެމްބަރުންގެ ގޮތުގައި އަންހެނުން ހޮވުމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން މުއިއްޒު އެދިވަޑައިގަތެވެ.