ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިހާބު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބުކޮށްފި

މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާއެއްގައި އާ ރައީސަކު އިންތިހާބު ކުރުމުގެ މަސައްކަތް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބުކޮށްފި

އެ މަގާމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު ކަމަށް ވެސް ކަނޑައެޅުއްވި އަސްލަމް އެވެ.

އަސްލަމާ ވާދަ ކުރެއްވީ ދަ ޑިމޮކްރެޓްސްގެ ފަރާތުން، އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

މަޖިލީހުގައި މިއަދު ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވި އަސްލަމް އަށް ލިބިވަޑައިގަތީ 53 ވޯޓެވެ. އަދި އާޒިމް އަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ޖަލްސާ އަށް 77 މެންބަރުން ވަޑައިގެންނެވި އިރު ވޯޓުގައި ބައިވެރިވީ 76 މެންބަރެކެވެ.

މީގެ ފަސް މަސް ކުރިން ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅި ފަހުން މަޖިލިސް ރަނގަޅަށް ނުހިނގަ އެވެ. ބިލުތަކާއި ގަރާރުތައް ވެސް ކުރިޔަށް ނުގެންދެވި މަޖިލިސް އޮންނަނީ ގާނޫނީ ޑެޑްލޮކެއްގަ އެވެ.

އެމަނިކުފާނު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން މާދަމާ އަށް ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބްޖެޓުގެ މަސައްކަތް ކުރުމަށް ވަނީ ރާވައިފަ އެވެ.