"ކްލެސިކް"ގައި ޖީ2000 ފޯމަލް ވެއާއިން ޑިސްކައުންޓު ދެނީ
"ކްލެސިކް"ގައި ޖީ2000 ފޯމަލް ވެއާއިން ޑިސްކައުންޓު ދެނީ

މަޝްހޫރު ބޮޑެތި ބްރޭންޑްތަކުގެ ހެދުން ވިއްކާ ފިހާރަ "ކްލެސިކް" އިން ޖުމްހޫރީ ދުވަހާ ގުޅުވައިގެން ފެށި ޕްރޮމޯޝަން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

އެ ފިހާރައިން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ ޖީ2000 ބްރޭންޑުގެ ފޯމަލް ވެއާއިން 10 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ޖީ2000 ބްރޭންޑުގެ އަންހެން އަދި ފިރިހެން ގަމީހާއި ފަޓުލޫނުން ވެސް ޑިސްކައުންޓު ލިބެ އެވެ.

"ކްލެސިކް" ފިހާރައިން ބުނީ ޖީ2000 ފޯމަލް ވެއާ ހެދުންތަކަކީ ކަސްޓަމަރުންގެ މެދުގައި މަގުބޫލު، ޑިމާންޑު ބޮޑު ހެދުންތަކަކަށް ވާއިރު، މިއީ މި ބްރޭންޑުތަކުގެ ހެދުންތައް ހެޔޮ އަގުގައި ގަތުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.

މި ފިހާރައިގައި ލިބެން ހުރި ޖީ2000 ފޯމަލް ވެއާ ކަލެކްޝަނުގައި 100 ޕަސެންޓު ކޮޓްން, ނޮން އަޔަން, ރިންކަލް ފްރީ ގަމީސް ހިމެނެ އެވެ. އަދި ސްޓްރެޗް ކޮޓަން, ކޮޓޮން ލިއޮސެލް, ކޮޓޮން ބްލެންޑުގެ ގަމީހާއި ސްމާޓް ފިޓް, ރެގިއުލާ ފިޓް އަދި ސްލިމް ފިޓުގެ ގަމީސް ހިމެނެ އެވެ.

މި ފިހާރައިން ވިއްކާ ޖީ2000 ފަޓުލޫނުތަކަކީ އެންޓި އިލެކްޓްރޯސްޓެޓިކް, އަދި މެޝިނުން ދޮވެވޭ ފަޓުލޫނެވެ. ފަޓުލޫނުގެ ތެރޭގައި ކޮޓޮން މިކްސްގެ ސްލިމް ފިޓް, ސްލިމް ޓެޕާޑް ފިޓް, އެކްސްޓްރާ ސްލިމް ފިޓް, ރެގިއުލާ ފިޓް އަދި ސްމާޓް ފިޓްގެ ފަޓުލޫނު ހިމެނެ އެވެ.

މި ތަނުން ޕްލެއިން އަދި ޕެޓާން ހުންނަ އެކި ސައިޒުގެ ޖީ2000 ގަމީސް ހުރެ އެވެ.

"ކްލެސިކް" އަކީ ޖީ2000 ގެ އިތުރުން މަޝްހޫރު ޖިއަޑާނޯ ބްރޭންޑުގެ ހެދުންތައް ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ފިހާރައިން އެ ދެ ބްރޭންޑުގެ އަންހެން އަދި ފިރިހެން ކެޝުއަލް ވެއާ އާއި ފޯމަލްވެއާ ލިބެން ހުރެ އެވެ.

އަމީރު އަހުމަދު މަގުން ނަސަންދުރަ އިމާރާތް ކައިރީގައި ހުންނަ "ކްލެސިކް" ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 9 އިން ރޭގަނޑު 11 އަށެވެ. ހުކުރު ދުވަހު މި ފިހާރަ ހުޅުވަނީ ހަވީރު 3އިން ރޭގަނޑު 11 އަށެވެ.