"ވަންގަވް" އަށް ހޭލުންތެރިކުރުވަން ހާއްސަ އިވެންޓެއް ބާއްވައިފި
"ވަންގަވް" އަށް ހޭލުންތެރިކުރުވަން ހާއްސަ އިވެންޓެއް ބާއްވައިފި

އޮންލައިންކޮށް ސަރުކާރުގެ އެކި މުއައްސަސާތަކުގެ ހިދުމަތްތައް ދޭ ޕްލެޓްފޯމް، "ވަންގަވް"އާ މެދު އާއްމުންގެ މެދުގައި ހޭލުންތެރިކުރުވުމުގެ އިވެންޓެއް ބާއްވައިފި އެވެ.

"ވަންގަވް" އަށް ހޭލުންތެރިކުރުވަން ހާއްސަ އިވެންޓެއް ބާއްވައިފި
"ވަންގަވް" އަށް ހޭލުންތެރިކުރުވަން ހާއްސަ އިވެންޓެއް ބާއްވައިފި

މި އިވެންޓު ބާއްވާފައި ވަނީ އެސްއެމްއީ ހަބްގަ އެވެ. "ވަންގަވް"އިން ބުނީ އިއްޔެ މެންދުރު 12 އިން 3:30 އަށް ކުރިއަށް ދިޔަ މި އިވެންޓުގައި އެސްއެމްއީ ހަބަށް ޒިޔާރަތްކުރި ފަރާތްތަކަށް "ވަންގަވް"ގެ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އިވެންޓުގައި އާއްމުންނަށް "ވަންގަވް" އިނގޭ މިންވަރު ދެނެގަނެ، އާއްމުންނަށް ބޭނުންވާ އެކި މައުލޫމާތުތައް ފޯރުކޮށްދިން ކަމަށް "ވަންގަވް"އިން ބުންޏެވެ.

"ވަންގަވް"އިން ބުނީ ކޮންމެ މަހަކު ވެސް މި ފަދަ އިވެންޓެއް ބޭއްވުމަށް ނިންމާފައިވާއިރު، މި ފަދަ އިވެންޓުތަކުން އެ ޕްލެޓްފޯމު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ހިޔާލުތައް ވެސް އާއްމުންގެ ފަރާތުން ހޯދަމުންދާ ކަމަށެވެ. އަދި މިއީ އެ ޕްލެޓްފޯމުން ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށް އެ ތަނުން ބުންޏެވެ.

މި އިވެންޓަކީ އެ ޕްލެޓްފޯމަށް އާއްމު ހޭލުންތެރިކުރުވުމަށް ބޭއްވި މި ފަދަ ދެ ވަނަ އިވެންޓެވެ.