ފުވައްމުލަކު އެއާޕޯޓުގެ ކާގޯ ވެހިކަލެއް މަތިންދާބޯޓެއްގައި ޖެހި އަނިޔާވި މީހަކަށް ފަރުވާދެނީ

ފުވައްމުލަކު އެއާޕޯޓުގައި ޖައްސާފައި އޮތް މޯލްޑިވިއަން ފްލައިޓެއްގައި ކާގޯ ވެހިކަލްއެއް ޖެހި ހިނގި އެކްސިޑެންޓްގައި އެ ވެހިކަލް ދުއްވަން އިން ޑްރައިވަރަށް އަނިޔާވެއްޖެ އެވެ.

ފުވައްމުލަކު އެއާޕޯޓުގެ ކާގޯ ވެހިކަލެއް މަތިންދާބޯޓެއްގައި ޖެހި އަނިޔާވި މީހަކަށް ފަރުވާދެނީ
ފުވައްމުލަކު އެއާޕޯޓުގެ ކާގޯ ވެހިކަލެއް މަތިންދާބޯޓެއްގައި ޖެހި އަނިޔާވި މީހަކަށް ފަރުވާދެނީ

ފުލުހުން ބުނީ ފުވައްމުލަކު ރަންވޭ މަތީގައިއޮތް ފްލައިޓެއްގައި ކާގޯ އުފުލާ ވެހިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހަވީރު 5:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުވައްމުލަކު އެއާޕޯޓުގެ ކާގޯ ވެހިކަލެއް މަތިންދާބޯޓެއްގައި ޖެހި އަނިޔާވި މީހަކަށް ފަރުވާދެނީ
ފުވައްމުލަކު އެއާޕޯޓުގެ ކާގޯ ވެހިކަލެއް މަތިންދާބޯޓެއްގައި ޖެހި އަނިޔާވި މީހަކަށް ފަރުވާދެނީ

އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓުގެ ސަބަބުން ފްލައިޓަށް އަރަން ތިބި ފަސިންޖަރުން ބޯޑިން އޭރިއާގައި ވަނީ މަޑުކުރުވާފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އަނިޔާވި މިހާ އަށް ފަރުވާ ދިނުމަށް ސްޓްރެޗާއަކަށް އަރުވާ ތަނެވެ. އަދި ކާގޯ އުފުލާ ވެހިކަލް ފްލައިޓުގައި ޖެހުމުން ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.