11 ނޮވެމްބަރ 2023 - 21:52

ކޭއެފްސީ އާއި ޕިއްޒާ ހަޓް ރެސްޓޯރެންޓް އަދި ކޮކާކޯލާ ގުދަނަށް ބަޔަކު ވަދެ ކަޅުތެޔޮ ޖަހައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޭއެފްސީ އާއި ޕިއްޒާ ހަަޓް ރެސްޓޯރެންޓް އަދި މާލެ އެރޭޓެޑް ވޯޓާ ކޮމްޕެނީ އުފައްދާ ކޮކާކޯލާގެ ގުދަނަށް ކަޅުތެޔޮ ޖެހީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ އެވެ.
އެމީހުން ވަނީ އެ ތަންތަނުގެ ހިދުމަތް ދިނުން ހުއްޓާލަން އަންގައި އިންޒާރު ވެސް ދީފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކަޅުތެޔޮ ޖެހި ސަރަަހައްދުގައި ތަހުގީގަށް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅުހަދައި، ވާގިވެރިވާ ވިޔާފާރިތަކާ ގުޅުން ހުރި ތަންތަން ބޮއިކޮޓް ކުރަން ގޮވަމުން ދިއުމަށް ފަހު، މި ތަންތަނަށް ކަޅުތެޔޮ ޖަހާފައިމިވަނީ އެ ތަންތަން ބޮއިކޮޓް ކުރުމަށް ގޮވާލާ ޕޯސްޓަރުތަކެއް ވެސް ހަރުކުރުމަށްފަހު އެވެ.
ފަލަސްތީނާ ދެކޮޅަށް މިހާރު އިސްރާއިލުން ހިންގަމުންދާ ހަނގުރާމައަށް ވާގިވެރިވާ ކުންފުނިތައް ބޮއިކޮޓް ކުރުމަށް މުޅި ދުނިޔޭގައި ވެސް ދަނީ ގޮވާލަމުންނެވެ.