ވިލާ ކޮލެޖުގެ ފާމަސީ ޑިގްރީއަށް ކިޔަވާ ދަރިވަރުން ހުވާކޮށްފި
ވިލާ ކޮލެޖުގެ ފާމަސީ ޑިގްރީއަށް ކިޔަވާ ދަރިވަރުން ހުވާކޮށްފި

ވިލާ ކޮލެޖުގެ މި އަހަރު ސެޕްޓެމްބަރުމަހު ތައާރަފްކުރި ބެޗްލާސް އޮފް ފާމަސީގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ވިލާ ކޮލެޖުގެ ފާމަސީ ޑިގްރީއަށް ކިޔަވާ ދަރިވަރުން ހުވާކޮށްފި
ވިލާ ކޮލެޖުގެ ފާމަސީ ޑިގްރީއަށް ކިޔަވާ ދަރިވަރުން ހުވާކޮށްފި

މި ރަސްމިއްޔާތުގައި މި ޕްރޮގުރާމުގެ 15 ދަރިވަރުންނަށް ވަނީ ވައިޓް ކޯޓު ވެސް ހަވާލުކޮށްފަ އެވެ. ދަރިވަރުންނަށް ވައިޓް ކޯޓު ހަވާލުކުރެއްވީ އެލައިޑް ހެލްތު ކައުންސިލްގެ ރަޖިސްޓްރާ އުބެއިދުﷲ ތައުފީގެވެ.

މި އަހަރު ވިލާ ކޮލެޖުން ފެށި ބެޗްލާ އޮފް ފާމަސީ ޕްރޮގްރާމަކީ އޭލެވެލްގެ ކެމިސްޓްރީ އަދި ފިޒިކްސް ހިމެނޭގޮތަށް، ޖުމްލަ ތިން މާއްދާއިން ފާސްވެފައިވާ ދަރިވަރުންނާއި ގުޅޭ ދާއިރާއަކުން އެމްއެންއެފްކިއު ލެވެލް 4 ގެ ކޮލިފިކޭޝަނާއި އެކު އޯ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިނގިރޭސި ފާހެއް ލިބިފައިވާ ދަރިވަރުންނަށް އެޕްލައި ކުރެވޭ ކޯހެކެވެ. މި ކޯހުގެ މުއްދަތަކީ ހަތަރު އަހަރެވެ.

މި ޕްރޮގްރާމްގައި ކިޔަވާ ދަރިވަރުން ތަޖުރިބާ ހޯދުމަށްޓަކައި ޕްރޮގްރާމްގެ މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުގައި އެކްސްޓާންޝިޕް ޕްރޮގްރާމެއް ފުރިހަމަ ކުރމުގެ ފުރުސަތު ލިބޭނެ އެވެ.އަދި ޕްރޮގްރާމްގެ ފަހު އަހަރުގައިޖީއެމްޕީ (ގުޑް މެނުފެކްޗަރިން ޕްރެކްޓިސް) ކޮލިޓީ އެންޑް ސްޓޭންޑާޑްސ ގެ ތަޖުރިބާ ހޯދުމަށްޓަކައި ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ފެންވަރުގެ ބޭސް އުފައްދާ ކާރުހާނާއަކަށް ތަޖުރިބާ ދަތުރަކަށް ދިއުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މި ޕްރޮގްރާމަކީ ފާމަސީތަކުގައި މަސައްކަތް ކުރާނެ ގާބިލު ދިވެހިން ބިނާކުރުމަށް ވިލާ ކޮލެޖުން ފެށި ޕްރޮގުރާމެކެވެ.