09 ނޮވެމްބަރ 2023 - 14:35

ކުޑަކުދިންނަށް ދޭ ޕެރަސެޓްމޯލްއެއްގައި ކޮލިޓީ މައްސަލަތަކެއް ދިމާވެ އެ ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
މަނާކޮށްފައި ވަނީ "paracetamol paediatric oral suspension ip 100mg" އެވެ.
އެމްއެފްޑީއޭ އިން މިއަދު ކުރި އިއުލާނުގައި ބުނީ ކުޑަކުދިންނަށް ދޭ ބޭހެއްގެ ކުލަ ބަދަލުވެ، ގަނޑުވެފައި ހުރިކަން ފާހަގަ ވެފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ބަލަމުންދާތީ އެ ބޭސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުން މިހާރު މަނާ ކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
އާންމުކޮށް ކުޑަކުދިންނަށް މި ބޭސް ދެނީ ހުން އައުމުގެ ސަބަބުން ވާ ތަދުކެނޑުވުމަށެވެ. މި ބޭސް ދީ އުޅެނީ ތިން މަހުން ފެށިގެން ހަ އަހަރުގެ ކުދިންނަށެވެ.
އެއީ އިންޑިއާ ކުންފުންޏަކުން އުފައްދާ ޕެރަސެޓްމޯލް އެކެވެ.