09 ނޮވެމްބަރ 2023 - 14:34

ތަފާތު ކާ އެއްޗެހީގެ ޑެލިވަރީކުރާ އޮންލައިން ވިޔަފާރި "މިކްސް ގްރިލް" އިން ރިސޯޓު ދަތުރުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގައި މިކްސް ގްރިލްއިން އޯޑަރުކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގައި ދޭ ރިސޯޓު ދަތުރުތަކަކީ އަދާރަން ސިލެކްޓް ހުދު ރަން ފުށިން ދޭ ދަތުރުތަކެކެވެ.
މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ކަސްޓަމަރުންގެ ތެރެއިން ތިން ވަނަ އަށް ހޮވޭ ކަސްޓަމަރަކަށް 4،780ރ. ގެ ގާޑަން ވިލާއެއްގައި ދެ މީހަކަށް އެއް ދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ދެ ވަނަ އަށް ހޮވޭ ކަސްޓަމަރަކަށް 5،785ރ. ގެ ބީޗް ވިލާއެއްގައި އެއް ދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެއް ވަނަ އަށް ހޮވޭ ކަސްޓަމަރަކަށް 9،560ރ. ގެ ވޯޓާ ވިލާއެއްގައި ދެ މީހަކަށް ދެ ދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގެ އިތުރުން ދެ ޗިކަން ރައިސް ޕެކް ގަނެގެން ހިލޭ އިތުރު ޕެކެއް ލިބޭ ޕްރޮމޯޝަނެއް ވެސް އެ ޕޭޖުގައި ދަނީ ކުރިއަށެވެ. އަދި މިކްސް ގްރިލްގެ ވެބްސައިޓުން އޯޑަރުކުރާ ކަސްޓަމަރުންނަށް ހިލޭ ބޮނޑިބަތް ތައްޓެއް ލިބެ އެވެ.
މިކްސް ގްރިލް އަކީ ފާލިމް ގްރޫޕުގެ އިންވެސްޓްމަންޓެކެވެ. މި ތަނުގެ މަގުސަދަކީ ދިވެހިންނަށް ކަމުދާނެ އެކި ރަހަތަކުގެ ކާ ތަކެތި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޑެލިވާކުރުން ކަމަށް އެ ތަނުން ބުނެ އެވެ. މިކްސް ގްރިލް ހުޅުވިތާ ކުޑަ ދުވަސްކޮޅެއް ވެފައި ވާއިރު، އެ ތަނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން މިކްސް ގްރިލްއިން ފާހަގަކުރެ އެވެ.
މިކްސް ގްރިލްގެ ވެބްސައިޓާއި 7238080 އަށް ގުޅައިގެން އަދި ވައިބާ ކޮށްގެން އޯޑަރު ކުރެވޭނެ އެވެ.