09 ނޮވެމްބަރ 2023 - 12:29

ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ފެށި "ވިން އަ ޓެސްލާ ޕްރޮމޯޝަން" ގައި ދޭ ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ދެ ގުނަ ވާނެ ކަމަށް ދިރާގުން ބުނެފި އެވެ.
ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކޮށްގެން ބައިވެރިވެވޭ މި ޕްރޮމޯޝަނުގައި މި މަހު ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރު ލިބުމުގެ ފުރުސަތު ދެ ގުނަ ވާނެ ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ ޖެނުއަރީ މަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށް ވެސް ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް އެ ފަރާތްތަކުގެ ޝަރުތުފުރިހަމަވާ ހުރިހާ ނަންބަރުތަކެއް ލުމުގެ ފުރުސަތުވަނީ ހުޅުވާލައިފަ އެވެ.