08 ނޮވެމްބަރ 2023 - 12:50

މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ހދ. ކުޅުދުއްފުށީ، ލަންދޫގެ އަބްދުﷲ އިބްރާހީމް 39، އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އޭނާ އެންމެ ފަހުން ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން މިއަދު ބުނީ އަބްދުﷲއާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައި ނުވާ ކަމަށައި އޭނާ ހޯދުމުގެ މަސައްކަތް އަދި ވެސް ކުރަމުން އަންނަ ކަމަށެވެ.
އަބްދުﷲގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދުއްވާ ސީކްއީން ބޯޓުން މާލެ ދިޔަކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
އޭނައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ 3322111އަށް ނުވަތަ 9791382އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.
މީހުން ގެއްލިގެން ފުލުހަށް ރިޕޯޓުކުރާ މިންވަރު މި ފަހުން ވަނީ އިތުރުވެފަ އެވެ. އަދި ބައެއް ކޭސްތަކުގައި ފުލުހަށް ރިޕޯޓުކޮށް ހޯދަން އިއުލާނު ކުރާތާ ކުޑަ އިރުކޮޅެއް ތެރޭ ގިނަ މީހުން އަމިއްލައަށް އާއިލާއާ ހަވާލުވެ އެވެ.