ޑެނޯ: ކޮލިޓީ ރަނގަޅު މީރު ކިރެއް!
ޑެނޯ: ކޮލިޓީ ރަނގަޅު މީރު ކިރެއް!

ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގައި މަޝްހޫރު ޔޫރޯ މާކެޓިން އިން ޑެނޯ ބްރޭންޑްގެ ކިރު ރާއްޖެއަށް އެތެރެ ކުރަން ފެށީ 2019 ވަނަ އަހަރު އެވެ. އޭރުން ފެށިގެން އެ ކުންފުނިން އަންނަނީ، ހޯލްސޭލުކޮށް އަދި ރީޓެއިލްކޮށް އެ ބްރޭންޑުގެ ކިރު ވިއްކަމުންނެވެ.

ޑެނޯ: ކޮލިޓީ ރަނގަޅު މީރު ކިރެއް!
ޑެނޯ: ކޮލިޓީ ރަނގަޅު މީރު ކިރެއް!

ޑެނޯ މިލްކް ބްރޭންޑަކީ ޑެންމާކުގެ ނަން މަޝްހޫރު އުފެއްދުމެކެވެ. ޑެންމާކުގެ އިތުރުން އެ ބްރޭންޑްގެ ކިރު، މެދުއިރުމައްޗާއި އެފްރިކާ އާއި އޭޝިއާ އާއި ލެޓިން އެމެރިކާގެ ގައުމުތަކުގައި އަންނަނީ މަގްބޫލުކަން ހޯދަމުންނެވެ.

ޑެނޯ: ކޮލިޓީ ރަނގަޅު މީރު ކިރެއް!
ޑެނޯ: ކޮލިޓީ ރަނގަޅު މީރު ކިރެއް!

އެ ބްރޭންޑުގެ ކިރު އެންމެ ފުރަތަމަ އުފެއްދީ 1980 ގެ ކުރީ ކޮޅުގަ އެވެ. އެއަށްފަހު، ޑެނޯ އަކީ އާންމުންގެ މެދުގައި އެންމެ މަގްބޫލު އަދި އެންމެ ހަލުއިކޮށް ވިޔަފާރި ފުޅާކުރި އެއް ބްރޭންޑެވެ.

ޔޫރޯ މާކެޓިން އިން ބުނީ، މިއީ ރާއްޖޭގައި ވިއްކާ ކިރު ބްރޭންޑްތަކުގެ ތެރެއިން އެންމެ ބޮޑަށް ސާފުކޮށްފައިވާ ކިރު ކަމަށެވެ.

ޑެންމާކުގެ އާލާ ފުޑްސް އަކީ ކިރާ ގުޅުން ހުރި ބާވަތްތައް ހަތަރު ވަނައަށް އެންމެ ފުޅާކޮށް ވިއްކަމުން އަންނަ ކުންފުންޏެެވެ. އެ ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ޗީޒް، ބަޓަރު، ކިރު، އެވަޕަރޭޓެޑް މިލްކާއި ޔޯގަޓް ހިމެނެ އެވެ.

ޔޫރޯ މާކެޓިން އިން ބުނީ، ރާއްޖެއަށް މި ކިރު އެތެރެކުރަން ނިންމީ، މިއީ ތާޒާ، ރަހަ މީރު އަދި ބާޒާރުގައި ލިބެން ހުރި އެންމެ ކޮލިޓީ ރަނގަޅު އެއް އުފެއްދުން ކަމަށެވެ. އެ ފިހާރައިން ބުނީ، ކެއްކުމުގައި ވެސް މި ބޭނުން ކުރެވޭނެ ކަމަށެވެ.

އާލާ ކުންފުނީގެ ދަށުން ޑެނޯގެ އިތުރުން ލަޕަކް އާއި ކާސްޓީއޯ، ޕަކް، އެޕިޓީނާ، ކޮކިއޯ ހިމެނެ އެވެ.
ޑެނޯ ބްރޭންޑްގެ ފަސް ރޭޖެއްގެ އުފެއްދުން ޔޫރޯ މާކެޓިން އިން ވިއްކަ އެވެ. އެގޮތުން 400 ގްރާމާއި 900 ގްރާމާއި 1،500 ގްރާމާއި 2،250 ގްރާމުގެ ކިރު ޕެކެޓާއި 2،500 ގްރާމުގެ ކިރު ދަޅު ލިބެން ހުރެ އެވެ.

- 400 ގްރާމު ޕެކެޓު : 59 ރުފިޔާ
- 900 ގްރާމު ޕެކެޓު : 124 ރުފިޔާ
- 1500 ގްރާމު ޕެކެޓު : 207 ރުފިޔާ
- 2250 ގްރާމު ޕެކެޓު: 310 ރުފިޔާ
- 2500 ގްރާމު ދަޅު: 421 ރުފިޔާ

ނޯޓު: މިއީ ޔޫރޯ މާކެޓިންގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.