"އޮންވީ"އިން ވިއްކާ ޑިޒައިނާ ސެންޓުން ޑިސްކައުންޓް ދެނީ
"އޮންވީ"އިން ވިއްކާ ޑިޒައިނާ ސެންޓުން ޑިސްކައުންޓް ދެނީ

ދިވެހިންގެ މެދުގައި މަގުބޫލު ޑިޒައިނާ ބްރޭންޑުތަކުގެ ސެންޓު ވިއްކާ "އޮންވީ"އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި އެ ފިހާރައިން ވިއްކާ ސެންޓުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަނަކީ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ.

"އޮންވީ" ފިހާރައިން ބުނި ގޮތުގައި އެ ޕްރޮމޯޝަނުގައި އެކި ރޭންޖުގެ ސެންޓު ފުޅި ހިމެނެ އެވެ. އޭގެ ތެރޭގައި އެ ފިހާރައިގެ ކަސްޓަމަރުންގެ މެދުގައި މަގުބޫލު "ގުޑް ގާލް"، "ޝަނެލް"، "ގޫޗީ"، "ޑިއޯ"، "ވަސާޗޭ"، "ބޮސް" އަދި "އޮލިމްޕިއާ" އާއި "ވައިއެސްއެލް" ފަދަ ބްރޭންޑުތަކުގެ ސެންޓުން ޑިސްކައުންޓް ލިބޭނެ ކަމަށް ބުންޏެވެ.

"އޮންވީ"ގައި ބްރޭންޑެޑް ސެންޓުގެ އިތުރުން ޕާފިއުމް އޮއިލް ވެސް ވިއްކަ އެވެ. އެ ފިހާރައިން ބުނި ގޮތުގައި 225 އަށް ވުރެ ގިނަ ވައްތަރުގެ ޑިޒައިނާ ބްރޭންޑުތަކުގެ ސެންޓު އޮއިލް އެ ފިހާރައިން ވިއްކަ އެވެ. އަދި މި އޮއިލްތަކަކީ ފްރާންސްގެ އުފެއްދުންކަން ފާހަގަކުރެ އެވެ. އަދި މި އޮއިލްތަކަކީ މާލޭގެ އިތުރުން ރަށްރަށާއި ރިސޯޓުތަކުގައި ވެސް ވިއްކަމުންދާ އޮއިލްތަކެއް ކަމަށާއި މި އޮއިލްތަކަށް ޓޫރިސްޓުންގެ މަގުބޫލުކަން ވެސް ލިބިފައިވާ ކަމަށް "އޮންވީ"އިން ބުންޏެވެ.

"އޮންވީ"ގައި އެކި ވައްތަރުގެ ޕާފިއުމް ޕެކްތައް ވެސް ވިއްކަ އެވެ. އަދި ފަތްޕިލާވެލީގެ އެކި ސަޕްލިމެންޓާއި އެކި ކަންކަމަށް ހާއްސަ މާމުއި ސަޕްލިމެންޓާއި އޯގޭނިކް ހެއާ ޕްރޮޑަކްޓް ވެސް ހުރެ އެވެ. އަދި މި ތަނުގައި ތަދުތަކަށް ހާއްސަ އެކި ވައްތަރުގެ ކްރީމް އާއި ކަޅުދިރި ތެލާއި ކަޅުދިރި މާމުއި ވެސް ހުރެ އެވެ.

މި ފިހާރަ ހުންނަނީ އޯކިޑްމަގުގަ އެވެ. މި ފިހާރައިން ވިއްކާ އެކި ޕްރޮޑަކްޓުތަކުގެ އިތުރު މައުލޫމާތު 7375959 އިން ލިބޭނެ އެވެ.