ފަލަސްތީނަށްޓަކައި އަންހެނުންގެ ތަފާތު ހިނގާލުމެއް ބާއްވައިފި
ފަލަސްތީނަށްޓަކައި އަންހެނުންގެ ތަފާތު ހިނގާލުމެއް ބާއްވައިފި

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި، ރާއްޖޭގެ އަންހެނުން ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމަށް މާލޭގައި ތަފާތު ހިނގާލުމެއް މިއަދު ހަވީރު ބާއްވައިފި އެވެ.

ފަލަސްތީނަށްޓަކައި އަންހެނުންގެ ތަފާތު ހިނގާލުމެއް ބާއްވައިފި
ފަލަސްތީނަށްޓަކައި އަންހެނުންގެ ތަފާތު ހިނގާލުމެއް ބާއްވައިފި

ފަލަސްތީނުގެ ދިދަ އާއި އެގައުމަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވާ ޕޯސްޓަރުތަކާ އެކު މި ހިނގާލުން ބޭއްވީ ރަސްފަންނު ސަރަހައްދުން ފެށިގެން މަޖީދީ މަގުން އާޓިފިޝަލް ބީޗާ ހަމައަށެވެ.

ފަލަސްތީނަށްޓަކައި އަންހެނުންގެ ތަފާތު ހިނގާލުމެއް ބާއްވައިފި
ފަލަސްތީނަށްޓަކައި އަންހެނުންގެ ތަފާތު ހިނގާލުމެއް ބާއްވައިފި

ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި އެ ހިނގާލުމުގައި ފެނިގެންދިޔައީ ތުއްތު ކުދިން ނިޔާވެފައިވާ މަންޒަރު ދައްކުވައިދިނުމުގެ ގޮތުން ހުދު ފޮތިގަނޑުން ކަފުންކޮށްފައިވާ ގޮތަށް ގަބުރުތައް ހިފައިގެން ތިއްބަ އެވެ. އޭގައި ލޭ ހުރި މަންޒަރު ވެސް ފެނެ އެވެ.

ފަލަސްތީނަށްޓަކައި އަންހެނުންގެ ތަފާތު ހިނގާލުމެއް ބާއްވައިފި
ފަލަސްތީނަށްޓަކައި އަންހެނުންގެ ތަފާތު ހިނގާލުމެއް ބާއްވައިފި

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 9,227 މީހަކު ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި 3,826 ކުޑަކުދިންނާއި 2,405 އަންހެނުން ހިމެނެ އެވެ. އަދި 32,516 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ.

ފަލަސްތީނަށްޓަކައި އަންހެނުންގެ ތަފާތު ހިނގާލުމެއް ބާއްވައިފި
ފަލަސްތީނަށްޓަކައި އަންހެނުންގެ ތަފާތު ހިނގާލުމެއް ބާއްވައިފި

އިސްރާ އެސޯސިއޭޝަނުން އިސް ނަގައިގެން އެހެން ޖަމިއްޔާތަކާ ވެސް ގުޅިގެން ބޭއްވި މި ހަރަކާތް އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަކުރީ މިވަގުތު ފަލަސްތީނުގައި އެންމެ ހާލުގައި އަދި އެންމެ އަނިޔާ ލިބެމުންދާ ބަޔަކީ އެމީހުންނަށްވާތީ އެވެ.

އެއްވުމުގައި ކަނބަލުން ބުނީ ހަނގުރާމައެއް ކަމަށް ބުނެ ބޮން އަޅަމުންދަނީ ހަތިޔާރެއް ނެތް ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް ކަމަށެވެ.

އެ ހަރަކާތް ނިންމާލާފައި ވަނީ އަނިޔާވެރިންގެ ކިބައިން ފަލަސްތީނު މިނިވަންކުރުމަށް އެދި ކުރި ދުއާއަކާ އެކުގަ އެވެ.

ހަމާސް އިން އިޒްރޭލަށް މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން ބަދަލުގައި އިޒްރޭލުން ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. ގާޒާއަށް އަސްކަރީ ހަމަލާތައް ދެމުންދާތާ މިހާރު 28 ދުވަސްވެފައިވާއިރު ގާޒާގެ އެކި ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލުތަކަށާއި ސިއްހީ ފުރަތަމަ އެހީ ފޯރުކޮށްދޭ މަރުކަޒުތަކާއި ސްކޫލާއި ކޭމްޕްތަކަށް ވެސް ހަމަލާދީފައިވެ އެވެ.

އެ ހަމަލާތަކުގެ ސަބަބުން އަސާސީ ހިދުމަތްތަކުން ވެސް އެމީހުން މަހްރޫމްވެފައިވާއިރު އެކި ގައުމުތަކުން ދަނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް މަގުތަކުގައި އަޑުއުފުލަމުންނެވެ. މި ހަމަލާތައް ފެށުނީއްސުރެ މާލޭގެ އިތުރުން ރަށްރަށުގައި ވެސް ފަލަސްތީނުގެ ދިފާއުގައި ހިނގާލުންތައް ދަނީ ބާއްވަމުންނެވެ.

ރާއްޖޭގެ އެކި ޖަމިއްޔާތަކާއި މީޑިއާތަކާއި އަދި އަމިއްލަ އެކި ފަރާތްތަކުން ގުޅިގެން ދަނީ ފަލަސްތީނަށް އެހީވުމަށް ތަފާތު ފަންޑްރައިޒިން އިވެންޓުތައް ބާއްވަމުންނެވެ.