ހުޅުމާލެ ގޮނޑުދޮށަށް ތާރު ބޯޅަ ލައްގަނީ
ހުޅުމާލެ ގޮނޑުދޮށަށް ތާރު ބޯޅަ ލައްގަނީ

ހުޅުމާލެ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ތާރު ބޯޅަ ލައްގަން ފަށައިފި އެވެ.

ހުޅުމާލެ ގޮނޑުދޮށަށް ތާރު ބޯޅަ ލައްގަނީ
ހުޅުމާލެ ގޮނޑުދޮށަށް ތާރު ބޯޅަ ލައްގަނީ

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް ވިދާޅުވީ ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށަށް ގިނަ އަދަދެއްގެ ތާރު ބޯޅަ ލައްގާފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ހުޅުމާލެ ގޮނޑުދޮށަށް ތާރު ބޯޅަ ލައްގަނީ
ހުޅުމާލެ ގޮނޑުދޮށަށް ތާރު ބޯޅަ ލައްގަނީ

އަދި އެކަން އާބަންކޯއަށް އަންގާފައި ވާނެ ކަމަށާއި ތާރުބޯޅަ ނަގައި ގޮނޑުދޮށް ސާފު ކުރުމަށް އަންގާފައިވާނެ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.

ހުޅުމާލެ ގޮނޑުދޮށަށް ތާރު ބޯޅަ ލައްގަނީ
ހުޅުމާލެ ގޮނޑުދޮށަށް ތާރު ބޯޅަ ލައްގަނީ

ތާރު ބޯޅަ އުފެދެނީ މޫދަށް އެޅޭ ތެލުގެ ސަބަބުންނެވެ. މޫދުގައި ހުންނަ ތެލަށް އިރުގެ އަލިކަން އެޅި ގިނަ ދުވަސް ވުމުން ބޯޅަތަކަކަށް ބަދަލު ވަނީ އެވެ.

ނައީމް ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ރާއްޖޭގެ ބައެެއް ރަށްރަށަށް ތާރުބޯޅަ ލެއްގި އެވެ. އަދި އެއީ ވަކި މޫސުމެއްގައި ބައެއް ރަށްރަށަށް ލައްގާ އެއްޗެއް ކަމަށާއި މީގެ ކުރިން އެ ފަދަ ތާރު ބޯޅަތައް ރާއްޖޭގެ ރަށްތަކަށް ލައްގާ މިންވަރާ ގުޅޭގޮތުން ބައެއް ދިރާސާތައް ވެސް ހަދައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ނުރައްކާތެރި އެއްޗެއް ނޫން ނަމަވެސް ހަންގަނޑުގައި ޖެހުމުން ކަހައި، ހިރުވުން ފަދަ ކަންކަން ދިމާވެ އެވެ.