ބޮޑު ބަޔަކަށް މޫސުން ގޯސް، ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ
ބޮޑު ބަޔަކަށް މޫސުން ގޯސް، ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެއްޖެ އެވެ.

ބޮޑު ބަޔަކަށް މޫސުން ގޯސް، ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ
ބޮޑު ބަޔަކަށް މޫސުން ގޯސް، ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ

ގިނަ އަތޮޅުތަކަކަށް ވިއްސާރަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނިކޮށް މިއަދު ހެނދުނު 7:30 ހާއިރުން ފެށިގެން ބޯކޮށް ވާރޭވެހި ކުޑަވަގުތުކޮޅެއްގެ ތެރޭގައި މާލޭގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. މަޖީދީމަގާއި އެހެން ބޮޑެތި މަގުތަކުގައި ވެސް ހިނގާބިނގާވެ އުޅުމަށާއި ވެހިކަލް ދުއްވަން ވެސް ވަނީ އުނދަގޫވެފަ އެވެ.

ބޮޑު ބަޔަކަށް މޫސުން ގޯސް، ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ
ބޮޑު ބަޔަކަށް މޫސުން ގޯސް، ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ އަތޮޅުތަކަށް އެލާޓް ނެރުނީ ހެނދުނު ނުވައަކުން މެންދުރުފަހު ތިނެއް ޖެހުމާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި މެދުތެރޭގެ އަތޮޅުތަކާއި އުތުރަށް ކަނޑު ގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އެ ސަރަހައްދުގެ އަތޮޅުތަކަށް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައި ވައި ގަދަވާނެކަމަށް ވެސް މެޓުން ލަފާކުރެ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދު ބާރުމިނިގައި ވައި ޖެހޭނެ ކަމަށް ވެސް މެޓުން ނެރުނު އެލާޓުގައިވެ އެވެ.

އެހެން ހިސާބުތަކަށް މަޑުވިޔަސް ދެކުނުގެ ކަނޑުތައް ގަދަވާނެތީ މެޓު އޮފީހުން ވަނީ ދަތުރުކުރުމުގައި ސަމާލުވާން އެދިފަ އެވެ.

ބ. އަތޮޅުން ފެށިގެން ވ.އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ މެންދުރު 12 ޖެހުމާ ހަމައަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ތިނަދުއަށެވެ. އިއްޔެ ހެނދުނު އަށަކުން މިއަދު ހެނދުނު އަށަކަށް ށ. ފުނަދުއަށް 22.1 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކަ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ކާޑެއްދު އަށެވެ. އެ ރަށަށް 17.9 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ބުންޏެވެ.