01 ނޮވެމްބަރ 2023 - 13:42

ބީއެމްއެލްގެ ސްކޮލަޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުތުސަތު ހުޅުވާލައިފި އެވެ.
ބީއެމްއެލް އިން ބުނީ މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މި ފުރުސަތު އޮންނާނެ ކަމަށެވެ.
މި ސްކޮލަޝިޕް ފަންޑަކީ ބޭންކިން އާއި މާލީ ދާއިރާ އިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ މަގްސަދުގައި ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހޯދައިދޭ ފަންޑެކެވެ.
މި ސްކޮލަޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން ހޮވާލެވޭ ތިން ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިން، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިން، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ މީހުންނަށް މި ފަންޑަށް އެދި ހުށަހޭނެ އެވެ. މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ކަނޑައެޅިފަ އެވެ.
މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާ އެކު[email protected]އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ އެވެ. މި ފަންނޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވަން ކަނޑައަޅާފައިވާ ކްރައިޓީރިއާ އާ ބެހޭ މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެ އެވެ.