މޫކޭއަށް ހަމަލާދީ މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ
މޫކޭއަށް ހަމަލާދީ މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)އަށް ހަމަލާދީ މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މޫކޭއަށް ހަމަލާދިން މައްސަލަ ހުށަހަޅާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

މޫކޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާ އަށް ހަމަލާދިން މީހާގެ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ. އެ ހާދިސާ ހިނގީ އިއްޔެ ހަވީރު އޭނަގެ ދަރިފުޅު ގޮވައިގެން ސައިކަލްގައި ދަނިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

ދަރިފުޅާއި އޭނާ މަރާލާނެ ކަމުގެ އިންޒާރު އެ މީހާ ދިން ކަަމަށާއި އެކަމަކު އެއީ ކޮން ކަމަކާ ގުޅިގެން ކަމެއް މޫކޭ ވިދާޅެއް ނުވެ އެވެ.