ޓީމު އިވެންޓުގެ ސެމީގައި ތުލުސްދު އާއި މާލެ އަދި ގައްދު އާއި ރަސްމާދޫ
ޓީމު އިވެންޓުގެ ސެމީގައި ތުލުސްދު އާއި މާލެ އަދި ގައްދު އާއި ރަސްމާދޫ

ދިވެހި ސާފް ލީގުގެ ޓީމު އިވެންޓް ނުވަތަ މަރުހަބާ ކަޕުގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފި އެވެ.

ޓީމު އިވެންޓުގެ ސެމީގައި ތުލުސްދު އާއި މާލެ އަދި ގައްދު އާއި ރަސްމާދޫ
ޓީމު އިވެންޓުގެ ސެމީގައި ތުލުސްދު އާއި މާލެ އަދި ގައްދު އާއި ރަސްމާދޫ

މަރުހަބާ ކަޕަށް މިއަހަރު ކޮލިފައިވި ހަ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ރ. ރަސްމާދޫ ގެ އިތުރުން، ގދ. ގައްދޫ، ކ. ތުލުސްދޫ، ކ. މާލެ އަދި މ. މުލި އާއި މުޅިން އަލަށް ކޮލިފައިވި ކ. ގުޅި އެވެ.

ޓީމު އިވެންޓުގެ ސެމީގައި ތުލުސްދު އާއި މާލެ އަދި ގައްދު އާއި ރަސްމާދޫ
ޓީމު އިވެންޓުގެ ސެމީގައި ތުލުސްދު އާއި މާލެ އަދި ގައްދު އާއި ރަސްމާދޫ

ފުރަތަމަ ބުރުގައި ކުރިއަށް ގެންދިޔަ ދެ ހީޓުން ކޮންމެ ހީޓެއްގައި ވެސް ތިން ޓީމު ވާދަކުރި އެވެ. އަދި ކޮންމެ ހީޓަކުން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމު ވަނީ ސެމީ ފައިނަލަށް ހޮވިފަ އެވެ. ސެމީއަށް ނުގޮސް ކެޓީ މުއްޔާއި ގުޅި އެވެ.

ޓީމު އިވެންޓުގެ ސެމީގައި ތުލުސްދު އާއި މާލެ އަދި ގައްދު އާއި ރަސްމާދޫ
ޓީމު އިވެންޓުގެ ސެމީގައި ތުލުސްދު އާއި މާލެ އަދި ގައްދު އާއި ރަސްމާދޫ

ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ ތުލުސްދޫ އާއި މާލޭ ޓީމެވެ. ދެވަނަ ހީޓުގައި ބައްދަލުކުރާނީ ރަސްމާދޫ ޓީމާއި ގައްދޫ ޓީމެވެ.

އިއްޔެ ފެށި ޓީމް އިވެންޓުގައި ފުރަތަމަ ކުރިއަށް ދިޔަ ހީޓުގައި ވާދަކުރީ ތުލުސްދޫ އާއި ރަސްމާދޫ އަދި މުލީ ޓީމެވެ. މި ހީޓް ކާމިޔާބުކުރީ ޖުމްލަ 30.35 ޕޮއިންޓް ހޯދި ތުލުސްދޫ ޓީމެވެ. މުހައްމަދު އިނާން އަބްދުލް ހަންނާން އާއި ހަސަން ނާސިހު (ޗިކާ) އަދި އާދަމް މުއީން އިބްރާހިމާއި އަހުމަދު އާގިލް (އަންމަޑޭ) ހިމެނުނު މި ޓީމުގައި އެންމެ މަތިން ސްކޯ ކުރީ އަންމަޑޭ އެވެ. އަންމަޑޭ ވަނީ ފުރަތަމަ ރާޅަށް 6.25 ޕޮއިންޓް ހޯދައި، ދެވަނަ ރާޅަށް ހަތް ޕޮއިންޓް ހޯދައިފަ އެވެ.

ހީޓުގެ ދެވަނަ ހޯދި ރަސްމާދޫ ޓީމުން 26.15 ޕޮއިންޓް ހޯދި އެވެ. މި ބުރުގައި ރާޅަކަށް އެންމެ ގިނަ ޕޮއިންޓް ހޯދީ ރަސްމާދޫ ޓީމްގެ ހުސެއިން އަރީފް (އިބޫ) އެވެ. އޭނާގެ ތިންވަނަ ރާޅަށް 7.50 ޕޮއިންޓް ހޯދި އެވެ. އިބޫގެ އިތުރުން މި ޓީމުގައި ހިމެނެނީ އަބްދުﷲ އަރީފް (ފުކޫ) އާއި ކަޔާން އަބްދުﷲ އަރީފް އަދި ރިފާޝް އަހުމަދެވެ.

ހީޓުން ތިންވަނައަށް ދިޔަ މުލީ ޓީމުން ހޯދީ ޖުމްލަ 13.35 ޕޮއިންޓެވެ. މި ޓީމުގައި ހިމެނެނީ އިބްރާހިމް ލަތީފް، އަހުމަދު އަރުޒާން، މުހައްމަދު ވިޝާލް އަލީ އަދި އައިހަމް އަދުނާން އެވެ.

ގައްދޫ ޓީމުން ދެވަނަ ހީޓު ކާމިޔާބުކުރީ ހީޓު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ނަޖާހު މުހައްމަދު (ކަބޯ) އަޅާލި ރާޅަށް ތިން ޕޮއިންޓް ހޯދައިގެން 0.35 ޕޮއިންޓްގެ ތަފާތަކުން މާލޭ ޓީމު ދެވަނައަށް ޖައްސާލައިފަ އެވެ. ގައްދޫ ޓީމުން ޖުމްލަ 18.15 ޕޮއިންޓް ހޯދި އެވެ. ކަބޯގެ އިތުރުން މި ޓީމުގައި ހިމެނެނީ ޖައިލަމް ނިޒާރު، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު (ހޫބްޒް) އެވެ.

މާލޭ ޓީމުން ޖުމްލަ 17.80 ޕޮއިންޓް ހޯދި އެވެ. މި ޓީމުގައި ހިމެނެނީ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އާއި ޔަސީން އަހުމަދު ނާޝިދާއި މުހައްމަދު ޒަޔާން (ޗޮއްޕު) އަދި ސައްޔިދު ސަލާހުއްދީނެވެ.

މުޅިން އަކަށް މަރުހަބާ ކަޕްގައި ވާދަކުރި ގުޅީ ޓީމުން ވަނީ ޖުމްލަ 13.80 ޕޮއިންޓް ހޯދައިފަ އެވެ. މި ޓީމުގައި ހިމެނުނީ އަހުމަދު ނިހާލް އާއި ނޫހް މުހައްމަދު ދުނެއިމް އިރުޝާދު އަދި މުހައްމަދު ނިހާން އާއި އިބްރާހިމް އާރިފް އެވެ.